ސާޅީސް ހަތްމީހުން މިއަދު ޕޮޒިޓިވްވެއްޖެ! މީގެތެރެއިން ސާޅީސް ތިންމީހުންނަކީ ދިވެހިން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ސާޅީސް ހަތްމީހުން މިއަދު ޕޮޒިޓިވްވެއްޖެ! މީގެތެރެއިން ސާޅީސް ތިންމީހުންނަކީ ދިވެހިން!

އެޗްޕީއޭގެ މިއަދުގެ ޙިސާބުތައް ދައްކާ ގޮތުން ކޮރޯނާ ވައިރަހަށް 47 މީހުން މިއަދު ޕޮޒިޓިވްވެއްޖެއެވެ. މީގެތެރޭގައި 43 މީހުންނަކީ ދިވެހިންނެވެ. މިއަދު ބަލިން ފަސޭހަވީ 30 މީހުންނެވެ.

މިއަދު ޕޮޒިޓިވްވި 47 މީހުންގެ ތެރޭގައި ހިމެނެނީ 43 ދިވެހިންނާއި ބަންގްލަދޭޝްގެ 3 މީހުންނާއި އިންޑިއާ މީހެކެވެ.

އިއްޔެ ވެސް ވަނީ ރާއްޖެ އިން 44 ދިވެހިން ޕޮޒިޓިވްވެފައެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 2268 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2667 އަށް އަރައިފައެވެ.

މި ބަލީގައި މިހާތަނަށް 13 މީހުންވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން