ފަސްދޮޅަސްހަތަރު މީހުން މިއަދު ޕޮޒިޓިވްވެއްޖެ! ‍- މިއަދުވެސް ގިނައީ ދިވެހިން! ބަލިން ރަނގަޅުވީ 11 މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ފަސްދޮޅަސްހަތަރު މީހުން މިއަދު ޕޮޒިޓިވްވެއްޖެ! ‍- މިއަދުވެސް ގިނައީ ދިވެހިން! ބަލިން ރަނގަޅުވީ 11 މީހުން!

އެޗްޕީއޭގެ މިއަދުގެ ޙިސާބުތައް ދައްކާ ގޮތުން ކޮރޯނާ ވައިރަހަށް 67 މީހުން ޕޮޒިޓިވްވެއްޖެއެވެ. މީގެތެރޭގައި ގިނައީ ދިވެހިންނެވެ.

މިއަދު ޕޮޒިޓިވްވި 67 މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި ބަންގްލަދޭޝްގެ 17 މީހުންނާއި އިންޑިއާ ދެ މީހުން އަދި ނޭޕަލް މީހެކެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 2238 އަށް އަރައިފައެވެ. އަދި ފަރުވާ ދެވެމުން ދަނީ 361 މީހުންނަށެވެ. 

 މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2617 އަށް އަރައިފައެވެ.

މި ބަލީގައި މިހާތަނަށް 13 މީހުންވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން