ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކިކުރައްވައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 47ސ
ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކިކުރައްވައިފި!

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކިކުރައްވައިފިއެވެ.

މިކަމާގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙީމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު، ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު މިއަދު ވަކިކުރައްވާފައިވާ ކަމަށާއި އަދި އެ މިނިސްޓަރީ ވަގުތީގޮތުން ހިންގުން މިއަދުން ފެށިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާ ހަވާލުކުރައްވާފައިވާ ކަމަށެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރެއްވީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީ އަށް ހުށަހެޅުމާއި ގުޅިގެން މަޤާމުން ޢިސްތިއުފާ ދެއްވުމަށް އަންގަވާފައި އިސްތިިއުފާ ނުދެއްވުމުންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިއީ ރާއްޖޭގެ ވަޒީރަކު މިފަދަ މައްސަލައެއްގައި މަގާމުން ދުރުކުރެވުނު ފުރަތަމަ ފަހަރެވެ.

މިއަދު އޮންލައިން