މިއަދު 22 މީހުން ރަނގަޅުވެ ސޯޅަ މީހުން ޕޮޒިޓިވް ވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 28ސ
މިއަދު 22 މީހުން ރަނގަޅުވެ ސޯޅަ މީހުން ޕޮޒިޓިވް ވެއްޖެ!

އެޗްޕީއޭގެ މިއަދުގެ ޙިސާބުތައް ދައްކާ ގޮތުން ކޮރޯނާ ވައިރަހުން މިއަދު 22 މީހުން ރަނގަޅުވެ 16 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

މިއަދު ޕޮޒިޓިވްވި 16 މީހުންގެ ތެރޭގައި ހިމެނެނީ 11 ދިވެއްސަކާއި ފަސް ބަންގްލަދޭޝް މީހެކެވެ.

ކޮރޯނާ ވައިރަހުން ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 2180 އަށް އަރައިފައެވެ. އަދި ފަރުވާ ދެވެމުން ދަނީ 319 މީހުންނަށެވެ. 

 މިއަދާއި ހަމައަށް މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2517 އަށް އަރައިފައެވެ.

މި ބަލީގައި މިހާތަނަށް 13 މީހުންވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން