ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު އިސްތިއުފާ ދެއްވަން ރައީސް ސޯލިހު އަންގަވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު އިސްތިއުފާ ދެއްވަން ރައީސް ސޯލިހު އަންގަވައިފި

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވަން ޢަލީ ވަޙީދަށް ރައީސް ސޯލިހު މިއަދު އަންގަވައިފިއެވެ.

މިކަމާގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙީމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީ އަށް ހުހަޅާފައިކަމަށާއި މިކަމާ ގުޅިގެން މިނިސްޓަރ އޮފް ޓުއަރިޒަމް އަލްފާޟިލް ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިރޭ އަންގަވާފައިވާކަމަށެވެ.

މީގެކުރިން ޓޫރިޒަމް މިނިސްޓަރ ކަމަށްބެލެވޭ މީހެއްގެ އަޑު ހިމެނޭ އޯޑިއޯތަކެއް ބަޔަކުވަނީ ލީކުކޮށްލާފައިއެވެ. މި އޯޑިއޯތަކުގައި އަންހެން މިނިސްޓްރަކަށް ޖިންސީ ފުރައްސާރަ އަމާޒުވާ، ބޭ އަދަބީ ބަސްތައް އަޑުއިވެއެވެ.

މިއަދު އޮންލައިން