އާރުސީސީގެ މުވައްޒަފުން މުޒާހަރާކުރި ކަމަށް ބުނެ ދޮގުހަބަރު ފެތުރި މައްސަލަ ފުލުހަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
އާރުސީސީގެ މުވައްޒަފުން މުޒާހަރާކުރި ކަމަށް ބުނެ ދޮގުހަބަރު ފެތުރި މައްސަލަ ފުލުހަށް!

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ގެ މުވައްޒަފުން މަގުމަތީގައި މުޒާހަރާ ކުރި ކަމަށް ބުނެ ސޯޝަލްމީޑިއާގައި ބަޔަކު ދޮގުހަބަރު ފެތުރި މައްސަލަ އެކުންފުނިން ފުލުހަށް ހުށައަޅާނެ ކަމަށް ބުނެފިއެވެ.

މިކަމާގުޅިގެން އާރުސީސީގެ ޗެއާމަން އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ކުންފުނީގެ އަޑު ވެއްޓޭގޮތަށް މައުލޫމާތު ފަތުރާފައިވާތީ އެކަންކުރި މީހުންގެ މައްސަލަ ފުލުސް އޮފީހަށް ހުށައަޅާނެ ކަމަށާއި ފޭކް ނިއުސްއަށް ރާއްޖޭގައި ފުރުސަތެއް ނެތް ކަމަށެވެ.

 

އާރްސީސީން ބުނެފައިވަނީ އެކުންފުނީގެ މުވައްޒަފުން މުޒާހަރާކުރަނީ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ބަޔަކު ދޮގުހަބަރު ފެތުރީ އެކުންފުނީގެ މުވައްޒަފުން ވޯކް ވިސާ ކާޑު ހެދުމަށް ބޭނުންވާ ފޮޓޯ ނެގުމަށް މާފަންނުގައި ހުންނަ ފޮޓޯނަގާ ތަނެއް ކައިރީ ކިޔުހަދާފައި ތިއްބާކަމަށެވެ.

މިއަދު އޮންލައިން