ފިޔަވަތީގެ އެކާވީސް ކުއްޖަކާއި 11 މުވައްޒަފަކު ކަރަންޓީން ކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
ފިޔަވަތީގެ އެކާވީސް ކުއްޖަކާއި 11 މުވައްޒަފަކު ކަރަންޓީން ކޮށްފި!

ހުޅުމާލޭގައި ހުންނަ ކުޑަކުދިންް ބަލަހައްޓާ މަރުކަޒު، ފިޔަވަތީގެ 21 ކުއްޖަކާއި 11 މުވައްޒަފަކު ކަރަންޓީން ކޮށްފިއެވެ.

މިކަމާގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނީ އެ މީހުންނާއިި ކުދިން ކަރަންޓީންކުރީ އެ މަރުކަޒުގެ މުވައްޒަފަކަށް ކޮވިޑް-19 ޖެހިފައިވުމުން  އެ ކޭސްއާ ގުޅިގެން ކަމަށެވެ. 

މި 11 މުވައްޒަފަކާއި 21 ކުދިން ކަރަންޓީނުކޮށްފައިވަނީ ފިޔަވަަތީގައި، އެކަމަށް ހާއްސަކޮށްފައިވާ ވަކި ކޮޓަރިތަކެެއްގައެވެ.

ފިޔަވަތީގެ މުވައްޒަފަަކަށް ކޮވިޑް-19 ޖެހުނުކަން އެނގުނީ އައިޖީއެމްއެޗުން ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓަކަށް ވެގެން ޓެސްޓްކުރުމުން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން