ސަލްމާނުލްފާރިސީގެ އަގުހުރި ބަސްފުޅެއް! ތިބާ ހިމެނެން ބޭނުމީ ކޮނަބައަކު؟

އަހުމަދު
ކިޔުމަށް ހޭދަވާނީ 59ސ
ސަލްމާނުލްފާރިސީގެ އަގުހުރި ބަސްފުޅެއް! ތިބާ ހިމެނެން ބޭނުމީ ކޮނަބައަކު؟

ސަލްމާނުލް ފާރިސީ ރަޟިޔަﷲ ޢަންހުގެ ކިބައިންރިވާވެގެންވެއެވެ. 

އެކަލޭގެފާނު ވިދާޅުވިއެވެ. 

"ރޭގަނޑުވުމުން މީސްތަކުން 3 ބަޔަކަށް ބެހިގެންދެއެވެ. އެ ރޭގަނޑު އެބަޔަކާ ދެކޮޅަށް ހެކިދިނުމުގެ ބަދަލުގައި އެބަޔަކަށްޓަކާ ހެކިދޭނެ ބަޔަކާއި، އެބަޔަކަށްޓަކާ ހެކިދިނުމުގެ ބަދަލުގައި އެބަޔަކާ ދެކޮޅަށް ހެކިދޭނެ ބަޔެކެވެ. އަދި އެބަޔަކަށްޓަކާވެސް، ދެކޮޅަށްވެސް އެ ރޭގަނޑު ހެކިނުދޭނެ ބަޔެކެވެ.

ފަހެ އެބަޔަކަށްޓަކާ ރޭގަނޑު ހެކިދޭނެ މީހުން ދަންނައެވެ. އެމީހުންނަކީ ރޭގަނޑުގެ އަނދިރިކަންވެރިވެ، މީސްތަކުން ނިދުމުން، އެވަގުތުގެ ބޭނުން ﷲތަޢާލާ އަށް ކުއްތަންވުމަށްޓަކާ ނަމާދުކޮށް ޒިކުރުކޮށް އަސްތަޣުފާރުކުރުމުގައި ހިފާމީހުންނެވެ. އަދި އެވަގުތުގެ ބޭނުން ﷲތާޢާލާ ޙަރާމްކުރައްވާފައިވާ ކަންތައްކުރުމުގައި ހިފާމީހުން ދަންނައެވެ. ފަހެ އެބައިމީހުންނާ ދެކޮޅަށް އެ ރޭގަނޑު ހެކިދޭނެއެވެ.

އެއަށްފަހު، ﷲއަށް އަޅުކަންކުރުމުގައި ނުވަތަ އެއިލާހަށް އުރެދުމުގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި، ފަތިސްވަގުތު ވަންދެން ނިދާފައިތިބޭ މީހުން ދަންނައެވެ. އެބައިމީހުންނަށްޓަކާވެސް އަދި ދެކޮޅަށްވެސް ރޭގަނޑު ހެކިނުދޭނެއެވެ."

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އެބައަކަށްޓަކާ، ރޭގަނޑު ހެކިދޭ މީހުންގެތެރެއިންވުމަށް ޢަޒުމްކޮށް މަސައްކަތްކުރަމާ ހިންގަވާށެވެ.

- ދިސަލަފިއްޔާ

މިއަދު އޮންލައިން