މިއަދު ޕޮޒިޓިވްވީ ދިހަމީހުން ‍- ބަލިން ރަނގަޅުވީ 7 މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
މިއަދު ޕޮޒިޓިވްވީ ދިހަމީހުން ‍- ބަލިން ރަނގަޅުވީ 7 މީހުން!

އެޗްޕީއޭގެ މިއަދުގެ ޙިސާބުތައް ދައްކާ ގޮތުން ކޮރޯނާ ވައިރަހުން މިއަދު 10 މީހަކު ޕޮޒިޓިވްވެ 7 މީހަކަށް ޝިފާލިބިއްޖެއެވެ.

މިއަދު ޕޮޒިޓިވްވި 10 މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި، ބަނގްލަދޭޝް 2 މީހުންނާއި، އިންޑިއާ 3 މީހުންނާއި، އިންޑޮނޭޝިޔާ ރައްޔިތެކެވެ.

ކޮރޯނާ ވައިރަހުން ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 1976 އަށް އަރައިފައެވެ. އަދި ފަރުވާ ދެވެމުން ދަނީ 419 މީހުންނަށެވެ. 

 މިއަދާއި ހަމައަށް މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2410 އަށް އަރައިފައެވެ.

މި ބަލީގައި މިހާތަނަށް 10 މީހުންވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން