ދިވެހި ފުލުހުންނަކީ ދިވެހި މައިން ވިހާފައި ތިބި ދަރިން! ލޭ އޮހޮރުވަން ފުރުޞަތު ދެވިގެންނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދިވެހި ފުލުހުންނަކީ ދިވެހި މައިން ވިހާފައި ތިބި ދަރިން! ލޭ އޮހޮރުވަން ފުރުޞަތު ދެވިގެންނުވާނެ!

ދިވެހި ފުލުހުންގެ ތެރޭގައި ބިދޭސީންނެއް ނެތެވެ. ތިބީ ދިވެހި މައިން ވިހާފައި ތިބި ދިވެހި ދަރިންނެވެ. އެމީހުންގެ ޤާނޫނީ އަދި ޤައުމީ ވާޖިބުކުރަން މަސައްކަތްކުމުން ޙަމަލާދީ ބޯފަލާލައި ސިކުނޑިއަށް ގެއްލުން ލިބޭފަދަ އެއްވެސް ޢަމަލެއް ހިންގުމުގެ ފުރުޞަތު ދިނުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. 

މަޖިލިސް މެންބަރުންނާއި މަސައްކަތް ހަވާލުކުރުމަކީ މުސާރަ ނުދީ މަސައްކަތްކުރުވުމުގެ ފުރުބަތު ލިބޭކަމެއް ކަމަށްވާނަމަ އެ ފުރުޞަތު ފަހިކޮށްދިން ބައަކާއި ކުރިމަތިލުން ރަނގަޅުވާނެއެވެ. މުސާރަ ނުދީ މަސައްކަތްކުރުވި ބައަކާއި ކުރިމަތިލުން ރަނގަޅުވާނެއެވެ. ނަމަވެސް އެއިގެ ބަދަލުގައި މުށާރަ ދިނުމުގެ މަސްއޫލިއްޔަތު އަދާކުރަން ނުޖެހޭ ދިވެހި މުވައްޒިފުން ރަހީނުކުރުން ފަދަ ކަންކަން ކުރާނަމަ އެކަމުން އެބައަކު ސަލާމަތްކުރުމަކީ ފުލުހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތެކެވެ. އަދި ހަމަ ބަންގްލަދޭޝް މުވައްޒިފުން ފަދައިން މުސާރަ ނުލިބި ތިބި ދިވެހިން ރަހީމުނުކުރުމުން އެނގެނީ މުސާރަ ނުލިބުމުގެ މައްސަލައިގެ އިތުރުން އެހެން ކަންތައްތަކެއް މިކަމުގައި ހިމެނޭ ކަމެވެ. 

ކޮންމެ ދުވަހަކު ފްލައިޓެއްގައި 200 މީހުން ފުރުވާލާ ކަމަށް ޚަބަރުތައް ފަތުރާއިރު ބުރާސްފަތި ދުވަހު ހެނދުނު 11.30 ގައި މަޖީދީމަގުގައި މަސައްކަތް ހޯދަން ނުކުމެ ތިބި 53 ބަންގްލަދޭޝް މީހުން އެއް ސަރަހައްދެއްގައި ތިބިތަން ފެނުނެވެ. މިމީހުންނަކީ ރާއްޖޭގައި ޤަވާއިދުން ތިބި ބައެއް ނަމަ މަސައްކަތް ހޯދަން ނުކުމެ ތިބޭކަށް ނުޖެހޭނެއެވެ. ތިބޭނީ މަސައްކަތުގައެވެ. 

މިދާގޮތަށް ކަންތައްތައް މެދުވެރިވަމުންދާނަމަ މަސައްކަތް ލިބުން މަދުވެގެން ހަޅުތާލުކޮށް ލޭ އޮހޮރުވާ ހިސާބަށްވެސް ކަންކަން ދިއުމަކީ ހަމަ ވުން އެކަށީގެންވާ ކަމެކެވެ.

މިއަދު އޮންލައިން