އިންޑޮނީޝިއާ މީހާ މަރުވީ ކޮވިޑްގެ ސަބަބުން ނޫން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
ކޮވިޑް-19 ގައި ރާއްޖެއިން 11 ވަނަ މީހަކު މަރުވި ކަމަށް އެޗްޕީއޭ އިން ކުރިން އިއުލާންކުރުމަށްފަހު، އެމީހާ މަރުވީ ކެންސަރު ބަލީގައި ކަމަށް އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ.

މިމީހާ މަރުވެފައި ވަނީ މިއަދު ހެނދުނު 9:47 ހާއިރުއެވެ.
އެޗްޕީއޭގެ މިއަދުގެ ޙިސާބުތައް ދައްކާ ގޮތުން ކޮރޯނާ ވައިރަހަން މިއަދު ޕޮޒިޓިވްވީ 13 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 7 މީހަކާއި ދިވެހި 5 މީހަކާއި އަދި އިންޑިއާގެ މީހެކެވެ.
މިއަދާއި ހަމައަށް މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2337 އަށް އަރައިފައެވެ.
މިއީ މިބަލީގައި ރާއްޖެއިން ވަނީ 10 މީހުން މަރުވެފައެވެ.