މުޅި މަދީނާ ބިރުން ރޭގަނޑު ދަންވަރު ތެޅިގަތްވަގުތު ރަސޫލް ޞޢވ, ޢަމަލުފުޅުކުރެއްވެވި ގޮތް ވަރުގަދަ ޢިބްރަތަކަށް ނުވަނީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
މުޅި މަދީނާ ބިރުން ރޭގަނޑު ދަންވަރު ތެޅިގަތްވަގުތު ރަސޫލް ޞޢވ, ޢަމަލުފުޅުކުރެއްވެވި ގޮތް ވަރުގަދަ ޢިބްރަތަކަށް ނުވަނީ ހެއްޔެވެ؟

އަނަސް ބިން މާލިކް އަކީ ރަސޫލް (ޞޢވ) ސިފަފުޅުތައް ވަރަށް ރިވެތިކޮށް ހާމަކުރެއްވެވި ޞަޙާބީ ބޭކަލެކެވެ. ރަސޫލް (ޞޢވ) އަށް ނިޞްބަތް ކުރައްވަވައި "އެންމެ ދީލަތި، އެންމެ ހިތްޕުޅުހެޔޮ، އެންމެ ހިތްވަރުފުޅު ގަދަ" އެތައް ބަސްފުޅުތަކެއް ވިދާޅުވެފައެވެ. 

އަނަސް ބިން މާލިކް ވިދާޅުވެފައިވެއެވެ. އެއް ރެއަކު މަދީނާގެ ތެރޭގައި އަޑުގަދަވެގެން ދިއައެވެ. ބައަކު އައިސް ހަމަލާދެނީ ކަމަށް ޤަބޫލުކުރެވުނެވެ. ނިކަން ބުނެބަލާށެވެ! އެފަދަ ޙާލަތެއްގައި ރަސޫލް (ޞޢވ)ގެ ދައުރަކީ ކޮބައިހެއްޔެވެ؟ މީސްތަކުން ގޮސް ރަސޫލް (ޞޢވ)ގެ ގަނޑުވަރުކޮޅު ފަށާލައި ޙިމާޔަތްކުރާނީ ހެއްޔެވެ؟ 

ކަންތައް ވެގެން ދިއައީ އެހެނެއް ނޫނެވެ. އަނަސް ބިން މާލިކްއަށް ރަސޫލް (ޞޢވ) ފެނިވަޑައިގަތީ މަގުމަތިންނެވެ. އިންނެވީ އަހަކަށް ސަވާރުވެވަޑައިގެނެވެ. އަހުގައި ހައްޔަރުވެވަޑައިގެނެއް ނޫނެވެ. އަތްޕުޅުގައި ކަނޑިކޮޅެއްވެސް އޮތެވެ. ޞަހާބީންނަށާއި މަދީނާގެ އަހުލުވެރިންނަށް ޙަދީޘްފުޅު ކުރައްވަވަމުން ގެންދެވީ ބިރު ނުގަތުމަށެވެ! 

ޢަލީގެފާނު ވިދާޅުވެފައިވަނީ ހަނގުރާމަ އެންމެ ހޫނުގަދަވާވަގުތު ރަސޫލް (ޞޢވ) ހުންނަވަނީ އެންމެ ކުރީގައި ކަމަށެވެ. 

އިބްން ޘައމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "އަހުރެންގެ ޢަދާވާތްތެރިންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އަހަރެންގެ ހިތުގައި ވަނީ ސުވަރުގެ އެވެ. އެމީހުންނަށް ތިމަންކަލޭގެފާނުގެ ހިތްޕުޅުން ސުވަރުގެ ނެގޭނެ ހެއްޔެވެ؟ އެމީހުން ތިމަންކަލޭގެފާނު މަރާލައިފިނަމަ އެއީ ލިބިވަޑައިގަންނަވާ ޝަހީދެއްގެ ދަރަޖައެވެ. އެމީހުން ތިމަންކަލޭފާނު ޤަުމުން ބޭރުކޮށްލިނަމަ ވެސް ހިފައި ހައްޔަރުކުރި ނަމަވެސް އެއީ ﷲ ތަޢާލާ އާއި ކުއްތަންވެވަޑައިގަތުމަށް ލިބިވަޑައިގަންނަވާ ފުރުޞަތެކެވެ." 

މިބަސްފުޅުތަކުން އެނގެން މިދަނީ ﷲ ތަޢާލާ ނޫން ފަރާތަކަށް އެއްވެސް ވަރަކަށް ބިރުގަތުމެއް ނެތްކަމަށާއި ކޮންމެ ޙާލަތެއްގައިވެސް އޮތޯ ﷲ ތަޢާލާއަށް ތެދުވެރިކަންއަދާކުރުންމަތީގައި ސާބިތުން ކަމެވެ. 

ކޮންމެ މީހަކުވެސް ބިރުގަންނާނެއެވެ! ބިރުގަންނަންވެސް ޖެހޭނެއެވެ. ނަމަވެސް ޙައްޤުމަގުގައެވެ! ﷲ ތަޢާލާއަށެވެ! އެނޫން ކަމަކަށް ބިރުގަންނަނަމަ އެކަމުގެ ސަބަބުން އެމީހަކަށް ތަފާތު ބަލިތައް ޖެހި ބަލިކަށިވެގެން ހިނގައިދާނެއެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން