ކޮވިޑް ޖެހިގެން 11 ވަނަ މީހާ މަރުވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 32ސ
ކޮވިޑް ޖެހިގެން 11 ވަނަ މީހާ މަރުވެއްޖެ!

އައިޖީއެމްއެޗުގައި އެޑްމިޓްކުރި އުމުރުން 39 އަހަރުގެ އިންޑޮނީޝިއާގެ ފިރިހެނަކު ކޮވިޑް ޖެހިގެން މިއަދު މަރުވެއްޖެއެވެ. 

މިކަމާގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިމީހާމަރުވެފައި ވަނީ މިއަދު ހެނދުނު 9:47 ހާއިރު ކަމަށެވެ.

މިއީ މިބަލީގައި ރާއްޖެއިން މަރުވި 11 ވަަނަ މީހާއެވެ.

އެޗްޕީއޭގެ މިއަދުގެ ޙިސާބުތައް ދައްކާ ގޮތުން ކޮރޯނާ ވައިރަހަން މިއަދު ޕޮޒިޓިވްވީ 13 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 7 މީހަކާއި ދިވެހި 5 މީހަކާއި އަދި އިންޑިއާގެ މީހެކެވެ.

މިއަދާއި ހަމައަށް މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2337 އަށް އަރައިފައެވެ.

 

މިއަދު އޮންލައިން