އެޗްޕީއޭގެ މިއަދުގެ ޙިސާބުތައް ދައްކާ ގޮތުން ކޮރޯނާ ވައިރަހުން މިއަދު 18 މީހަކު ޕޮޒިޓިވްވެ 15 މީހަކަށް ޝިފާލިބިއްޖެއެވެ.
ކޮރޯނާ ވައިރަހުން ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 1969 އަށް އަރައިފައެވެ. އަދި ފަރުވާ ދެވެމުން ދަނީ 416 މީހުންނަށެވެ.
މިއަދު ޕޮޒިޓިވްވި 18މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 11 މީހަކާއި 7 ދިވެހިންނެވެ.
މިއަދާއި ހަމައަށް މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2400 އަށް އަރައިފައެވެ.