ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު މަރުވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު މަރުވެއްޖެ!

ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަށް ފަރުވާ ދެމުންދިޔަ ދިވެއްސަކު މަރުވެއްޖެއެވެ.

މިކަމާގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވެފައި ވަނީ 92 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މިމީހާ މަރުވެފައިވަނީ މިރޭ 11:54 ގައި ކަމަށެވެ.

މިއީ މިބަލީގައި ރާއްޖެއިން މަރުވި 10 ވަަނަ މީހާއެވެ.

އެޗްޕީއޭގެ މިއަދުގެ ޙިސާބުތައް ދައްކާ ގޮތުން ކޮރޯނާ ވައިރަހުން މިއަދު 21 މީހަކު ޕޮޒިޓިވްވެ 10 މީހަކަށް ވަނީ ޝިފާލިބިފައެވެ. އަދި ފަރުވާ ދެވެމުން ދަނީ 414 މީހުންނަށެވެ. 

މިއަދާއި ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2382 އަށް އަރައިފައެވެ.

 

 

މިއަދު އޮންލައިން