މަބްރޫކް - ނޫސްވެރިންނަށް މައުލޫމާތު ދިނުމުގަ ލާމަސީލުކަން ދެއްކެވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
މަބްރޫކް - ނޫސްވެރިންނަށް މައުލޫމާތު ދިނުމުގަ ލާމަސީލުކަން ދެއްކެވި!

ކޮވިޑް އާއި ގުޅިގެން މިރެއާއި ހަމައަށް އެންއޯއީސީ އިން ބޭއްވި ޕްރެސް ކޮންފަރެންސްތަކުގައި އެ މަރުކަޒުގެ ތަރުޖަމާނުކަން ކުރެއްވި ޒުވާން މުޙައްމަދު މަބްރޫކް ޢަބްދުލްޢަޒީޒް ގެ ޚިދުމަތަށް ހެލްތް މިނިސްޓަރ މިރޭ ވަނީ ވަރަށް ބޮޑަށް ތަޢްރީފް ކުރައްވައިފައެވެ. 

މަބްރޫކަށް ތަޢްރީފްކުރައްވަމުން އަމީން ވިދާޅުވީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެއްވުމުގައި   މަބްރޫކް ދެއްކެވި ކެތްތެރިކަމާއި، އެއްވެސް ކަމެއް ސިއްރު ނުކުރައްވައި ވިދާޅުވިކަން ފާހަގަކުރައްވާ ކަމަށެވެ. 

މީގެ އިތުރުން މަބްރޫކް ދެއްކެވި ނަމޫނާ އަކީ މީޑިއާއަށް މައުލޫމާތު ދިނުމުގެ މަސައްކަތް ކުރާ އެންމެން ވެސް ހިފަހައްޓަންޖެހޭ ނަމޫނާއެއް ކަމަށްވެސް އަމީން ވަނީ ވިދާޅުވެފައެވެ. 

މިއަދުނޫހަށް ފާހަގަކުރެވުނު ަބްރޫކްގެ އެންމެ ޚާއްޞަ ސިފަތަކުގެ ތެރޭގައި އެހައި ބުރަކޮށް އުޅުއްވަމުން ވެސް ފޯނަށް ޖަވާބު ދެއްވުމަށް ދެއްވި ސަމާލުކަމާއި ފާހަގަކޮށް ދެންނެވި ކަންކަން އިޞްލާޙްކުރަން ކުރެއްވި މަސައްކަތް ހިމެނެއެވެ. 

މަބްރޫކް އޭނާ އާއި ޙަވާލުކުރެވުނު މި މަސައްކަތް އެ ނިންމަވައިލެއްވެވީ ރެކޯޑެއްވެސް ހިއްޕަވައިގެންނެވެ. އެއީ އެންއޯސީގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މައުލޫމާތު ދެއްވި ބޭފުޅުންގެތެރެއިން އެންމެ ގިނައިން "ﷲ އިރާދަފުޅުން، ﷲ ގެ ވާގިފުޅާއިއެކު" ބޭނުންފުޅުކުރެއްވެވީ މަބްރޫކް ކަމަށްވުމުންނެވެ. 

ކޮރޯނާ ވައިރަސް އިން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކަށް މިހައި ބޮޑު ކާމިޔާބީ އެއް ލިބިގެންދިއައިރު މަދު ބޭފުޅަކު ނޫނީ އެންއޯއީސީގެ ސްޓޭޖްގައި ވާހަކަފުޅު ދެއްކެވިއިރު ކާމިޔާބު މިންވަރުކޮށްދެއްވަވަނީ ﷲ ކަން ހަނދުމަފުޅު ވެސް ނެތް ފަދަ ކަމަށް ބުނުމަކީ ދޮގު ބަހަކަށް ނުވާނެއެވެ.

މިއަދު އޮންލައިން