މާލެ ސިޓީގައި މާދަމާ އިން ފެށިގެން ޖަމާޢަތުގައި ނަމާދުކުރުމުގެ ހުއްދަ ދީފައިވުމުން މާދަމާއިން ފެށިގެން ކަށުނަމާދުގެ މައުލޫމާތު ޢާންމުކުރަން ފަށާނެ ކަމަށް ހިލޭ ސާބަހަށް އެ މައުލޫމާތު ހާމަކޮށްދެމުން އަންނަ ކަށުނަމާދު.އެމްވީ އިން ބުނެފިއެވެ.
މާލެ ސިޓީގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑައިލުމާއި ގުޅިގެން ކަށުނަމާދުގެ މައުލޫމާތު ހާމަކުރުން ވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލައިފައެވެ.