ސަރުކާރު އޮފީސްތަކާއި ކެފޭ ރެސްޓޯރަންޓުތަކާއެކު، ވިޔަފާރިތަކެއް އާއްމު ހާލަތަށް މާދަމާ އިން ފެށިގެން އަލުން ހުޅުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރެއްވި ނަމަވެސް މި ހަފުތާގައި ކުރިއަށް އޮތް ދެ ދުވަހު ވެސް އޮފީސްތައް ނުހުޅުވާނެ ކަމަށް ކަނޑައަޅުއްވައިފިއެވެ.
މިކަމާގުޅިގެން ރައީސް އޮފީހުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ މާދަމާ އާއި ބުރާސްފަތި ދުވަހު ވެސް އޮފީސްތައް ހުޅުވާނީ ކޮވިޑް-19 އާ ގުޅިގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް އޮފީސްތައް ހުޅުވާ އުސޫލުން ކަމަށެވެ. އެއީ ކޮންމެ ދުވަހެއްގެ ހެނދުނު 9 ން މެންދުރު 1 އަށެވެ.