ޤުރުއާން ކްލާސްތަކާއި އަމިއްލަ އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ޒަކާތު ފަންޑުން ދޮޅު މިލިއަން ރުފިޔާ ދެނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
ޤުރުއާން ކްލާސްތަކާއި އަމިއްލަ އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ޒަކާތު ފަންޑުން ދޮޅު މިލިއަން ރުފިޔާ ދެނީ!

ކޯވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ މާލީ ދަތިކަމުން އަރާގަތުމަށް ޤުރުއާން ކްލާސްތަކާއި އަމިއްލަ އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ޒަކާތު ފަންޑުން ދޮޅު މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަމާގުޅިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި އެހީ ދިނުމަށް ހަމަ ޖެހިފައިވަނީ ޒަކާތު ފަންޑުން 1.5 މިލިޔަން ރުފިޔާގެ ފައިސާ އެހީކަމަށެވެ. 

ޒަކާތު ފަންޑުގެ ދަށުން ލިބިފައިވާ މި އެހީ ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކާއި، އެފަރާތްތުގައި ހުންނަންޖެހޭ ޝަރުތުތައް އަދި، ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވާ މިންވަރު އެޑިޔުކޭޝަންގެ ފަރާތުން ގެޒެޓްގައި އާންމު ކޮށްފައިވާ “ޕްރީސްކޫލްތަކާއި ޤުރުއާން ކިލާސްތަކަށް ފައިސާގެ އެހީ ދިނުމުގެ އުސޫލް” ގައި ބަޔާންކޮށްފައިވާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އަމިއްލަޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކުން މި ފައިސާގެ އެހީ ހޯދުމަށް އެދޭ ފޯމް އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓް www.moe.gov.mv އިން ޑައުންލޯޑް ކުރެވޭނެ ކުރެވޭނެއެވެ.

  

މިއަދު އޮންލައިން