ކޮރޯނާގެ ޙާލަތު ބަދަލުކުރެވުނީ ޞިއްޙީ ޚިދުމަތްތެރިން، އިމުން ބޭރުންވެސް ކޮށްދިން މަސައްކަތުން!: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ކޮރޯނާގެ ޙާލަތު ބަދަލުކުރެވުނީ ޞިއްޙީ ޚިދުމަތްތެރިން، އިމުން ބޭރުންވެސް ކޮށްދިން މަސައްކަތުން!: ރައީސް ޞާލިޙް

ރާއްޖެއަށް ކުރިމަތިވި ކޮރޯނާގެ ޙާލަތު ބަދަލުކުރެވުނީ ޞިއްޙީ ޚިދުމަތްތެރިން، އިމުން ބޭރުންވެސް ކޮށްދިން ބުރަ، މިންނަތް މަސައްކަތުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ ރާއްޖޭގެ ޙާލަތު ހީވެސް ނުކުރެވޭހައި އަވަހަށް ރަނގަޅުވެ ޢާންމު ޙާލަތަކަށް ގިނަކަންތައްތަކެއް މާދަމާ ގެނައުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވަމުންނެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ މިހައި އަވަހަށް މިހައި ބޮޑު ކުރިއެރުން ތަކެއް ލިބިގެން މިދިއައީ ޙާލަތު އެންމެ ގޯސްވެގެން ހިނގައިދާނެ ކަމަށް ބަލައި އެޅުނު ރައްކައުތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އެކަންކަން ފާހަގަކުރައްވައި އެމަނިކުފާނުވަނީ ފުރާނައަށް ބިރެއްނެތި ރައްޔިތުންނަށްޓަކައި ކުރީ ސަފުގައި މަސައްކަތްކުރި ހުރިހާ ޞިއްޙީ ޚިދުމަތްތެރިންނަށާއި އަދި އެންމެންނަށް ވަރަށް ބޮޑަށް ތަޢްރީފްކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.

ޑޮކްޓަރުންނާއި ނަރުހުންނާއި ޞިއްހާ ދާއިރާގެ އެހެންވެސް ބޭފުޅުންނާއި ސިފައިންނާއި ފުލުހުން ވަނީ ބަލީގައި ޕޮޒިޓިވްވަމުން ދިއައިރުވެސް އެއްވެސް ބިރެއް ޖެހިލުންވުމެއް ނެތި ޚިދުމަތުގައި ސާބިތުކަން ދައްކަވައިފައެވެ.

ކޮރޯނާއަށް ޕޮޒިޓިވްވުމުންނާއި އެހެންވެސް ސަބަބުތަކަށްޓަކައި ކަރަންޓީނުގައި ތިބެންޖެހުނު ކުރީ ސަފުގައި މަސައްކަތްކުރާ ޚިދުމަތްތެރިންގެ ޢަދަދު 400 އާއިވެސް ގާތްކުރިކަން ފާހަގަކުރެވޭއިރު ﷲ ތަޢާލާގެ ރަހްމަތްފުޅު ކިތަންމެހައިވެސް ބޮޑެވެ. ކޮރޯނާ ވައިރަސްގެ ވަބާ ރާއްޖޭގައި އެންމެ ނުރައްކައުތެރި ޙާލަތަށް ދިއުމަށްފަހު ބަލިން އަރައިގަނެވުމުގެ ކޮޅުމަތި މިހާރު ފެންނަމުންދާއިރު ޚިދުމަތުގައި ދެމިތިއްބެވި އެއްވެސް ބޭފުޅެއްގެ ފުރާނައަށް ނުރައްކައުވާފަދަ އެއްވެސް ކަމެއް މެދުވެރިވެފައެއް ނުވެއެވެ.

 

މިއަދު އޮންލައިން