ސަރުކާރުގެ އޮފީސްތަކާއި ކެފޭ ރެސްޓޯރަންޓްތައްވެސް މާދަމާ ހުޅުވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ސަރުކާރުގެ އޮފީސްތަކާއި ކެފޭ ރެސްޓޯރަންޓްތައްވެސް މާދަމާ ހުޅުވަނީ!

ސަރުކާރު އޮފީސްތަކާއި ކެފޭ ރެސްޓޯރަންޓުތަކާއެކު، ވިޔަފާރިތަކެއް އާއްމު ހާލަތަށް މާދަމާ އަންނާނެ އެވެ.

އެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ރައްޔިތުންނަށް އެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

ކޮރޯނާ ވައިރަސްގެ ކަންކަން ޙައްލުކުރުމުގައި އެމަނިކުފާނު ޢަމަލުކުރެއްވި "ދުރުވިސްނޭ، އިޚްލާސްތެރި، ކެތްތެރިކަން ގިނަ ބައަކު ފާހަގަކުރެއެވެ.

"އެކަންކަމުގެ ސަބަބުން ދިވެހިން މި ހިސާބަށް ﷲ ގެ ރަޙްމަތާއެކު އާދެވިއްޖެ. އުންމީދަކީ މުޅި ދުނިޔެއަށް ކުރިމަތިވި މި ދަތި ޙާލަތުން ދިވެހިން އަރައިގަތުން. ކޮވިޑް-19 ގެ މި ޙާލަތުގައި ދިވެހި ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކަށްޓަކައި ސަރުކާރުގެ އިސްވެރިންނަށް، ޚާއްސަކޮށް ރައީސް ސޯލިހަށް ޝުކުރިއްޔާ. އަދި ވަކިން ޚާއްސަކޮށް ސިއްޙީ ދާއިރާގެ އެންމެހާ ބޭފުޅުންނަށް ޝުކުރުގެ މައްޗަށް ޝުކުރު ދަންނަވަން. ސިފައިންނާއި ފުލުހުންނަށްވެސް ވަރަށް ޝުކުރު." މިއީ މިއަދުނޫހުގެ ކުރީގެ އެޑިޓަރަކު ވިދާޅުވެފައިވާ ބަސްކޮޅެކެވެ.

މިއަދު އޮންލައިން