ސޯޅަ މީހުން ބަލިން ރަނގަޅުވެ ތޭރަ މީހުން މިއަދު ޕޮޒިޓިވްވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 26ސ
ސޯޅަ މީހުން ބަލިން ރަނގަޅުވެ ތޭރަ މީހުން މިއަދު ޕޮޒިޓިވްވެއްޖެ!

އެޗްޕީއޭގެ މިއަދުގެ ޙިސާބުތައް ދައްކާ ގޮތުން ކޮރޯނާ ވައިރަހުން މިއަދު 16 މީހަކަށް ޝިފާލިބުނުއިރު ޕޮޒިޓިވްވީ 13 މީހުންނެވެ.

ކޮރޯނާ ވައިރަހުން ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 1927 އަށް އަރައިފައެވެ. އަދި ފަރުވާ ދެވެމުން ދަނީ 397 މީހުންނަށެވެ. 

މިއަދު ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 7 މީހަކާއި ދިވެހި 5 މީހަކާއި އަދި އިންޑިއާގެ މީހެކެވެ.

މިއަދާއި ހަމައަށް މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2337 އަށް އަރައިފައެވެ.

މިއަދު އޮންލައިން