އެޗްޕީއޭގެ މިއަދުގެ ޙިސާބުތައް ދައްކާ ގޮތުން ކޮރޯނާ ވައިރަސްއަށް މިއަދު ޕޮޒިޓިވްވީ 6 މީހުންނެވެ. އަދި މިވައިރަސްއަށް ފަރުވާ ކުރަމުން ގެންދާ މީހުންގެ ތެރެއިން އިތުރު 15 މީހަކަށް މިއަދު ވަނީ ޝިފާ ލިބިފައެވެ.
އެހެންކަމުން ބަލިން ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 1863 އަށް އަރައިފައެވެ. އަދި ފަރުވާ ދެވެމުން ދަނީ 407 މީހުންނަށެވެ.
މިއަދު ޕޮޒިޓިވްވި 15 މީހުންގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި ބަންގްލަދޭޝްގެ 3 މީހެކެވެ.
މިއަދާއި ހަމައަށް މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2283 އަށް އަރައިފައެވެ.