ﷲ އަށް ބިރުވެތިވާ ބައިވެރިއަކު ނުލިބުމުން ކެތްތެރިވެ ﷲ ގެ މަގުގަ ސާބިތުވުމުން ލިބޭނެ ނިޢްމަތްތައް ޙާދަމަތިވެރިއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ﷲ އަށް ބިރުވެތިވާ ބައިވެރިއަކު ނުލިބުމުން ކެތްތެރިވެ ﷲ ގެ މަގުގަ ސާބިތުވުމުން ލިބޭނެ ނިޢްމަތްތައް ޙާދަމަތިވެރިއެވެ!

ބައެއް މީހުންނަށް ކައިވެނި ނުކުރެވިފައި ތިބެން ޖެހެނީ އެމީހުން ކައިވެނިކުރާނެ، ﷲ ތަޢާލާއަށް ބިރުވެތިވާ ބައިވެރިއަކު ނުލިބުމުންނެވެ. އެފަދަ ޙާލަތުގައި ކެތްތެރިވެ ﷲ ތަޢާލާގެ މަގުގައި ސާބިތުވާށެވެ! ޙަރާމް ކަންކަމަށް އަރައިނުގަންނާށެވެ! ފާފަވެރި އެއްވެސް ޢަމަލެއް ނުކުރާށެވެ. އެއިރުން ލިބެން ހުރި ނިޢްމަތްތައް ހާދަހައިވާ މަތިވެރިވެގެންވެއެވެ.

އެކަންކަން އެނގިގެންދަނީ ޝައިޚް މުޙައްމަދު ޝާފިޢު ބަޔާންކުރައްވާފައިވާ މި ބަސްފުޅުތަކުންނެވެ.

ސުވަރުގޭގައި މީހަކާ ނީންނަ އެއްވެސް މީހަކު (އަންހެނަކުވިޔަސް އަދި ފިރިހެނަކުވިޔަސް ނުވެއެވެ). އެމީހުންގެ އަނބިންނަކީ ރީތިކަމުގެ ދެވަނައެއް ނުވާ ޙޫރުލްޢީނުންނެވެ. އެމީހުންގެ ލޮލުގެ ކޮއި ކަޅުކަން ގަދަވެފައި ލޮލުގެ ހުދުބައި ހުދުކަން ގަދަވާނެއެވެ. އަދި އެމީހުންގެ އިސްތަށިގަނޑު ރޭގަނޑުފަދައެވެ. އެމީހުން އެއްވެސް ފިރިހެނަކަށް ނުބަލާނެއެވެ. އެމީހުން މިހާރުވެސް ތިބޭނީ އެމީހުންނަށްޓަކައި ވާ މީހުންގެ އިންތިޒާރުގައެވެ. އެއީ ބިކުރުވެރިންނެވެ. އެއްފަހަރު ގުޅުން ހިންގުމަށްފަހު އަނެއްފަހަރު ގުޅުން ހިންގަންވާއިރަށް އެމީހުންނަށް ބިކުރުވެރިކަން ރުޖޫޢާވާނެއެވެ.

އެމީހުންނަކީ ސާފުޠާހިރު ބަޔެކެވެ. އެމީހުން ބަލިނުވާނެއެވެ. ޙައިޟެއް ނުވާނެއެވެ. ބޮޑުކަމު ނުދާނެއެވެ. ކުޑަކަމު ނުދާނެއެވެ. ނިފާސްވެރި ނުވާނެއެވެ. އެމީހުންނަށްޓަކައި ވާ ފިރިހެނާނޫން އެހެން އެއްވެސް މީހަކާ ދިމާއަށް ނުވެސް ބަލާނެއެވެ. މޫނު އަލިވާނެއެވެ. މޫނު ހުދުކަން ގަދަވެފައި ލޮލުގެ ކަޅުކަން ގަދަވާނެއެވެ. ވަރަށް ރީތިވާނެއެވެ.

ސުވަރުގޭގެ އަހުލުވެރިންގެ ޢުމުރަކީ 33 އަހަރެވެ. ތިބާ ސުވަރުގެއަށް ވަންނައިރު ތިބާގެ ޢުމުރަކީ 33 އަހަރެވެ. ސުވަރުގޭގައި ތިބޭ ޙޫރުލް ޢީނުންގެ ޢުމުރަކީވެސް އެއީ އެވެ. އެކަމަކު އެމީހުން ހީވާނީ ޒުވާން ކަމުންގޮސް ޅަ ކުދިންކޮޅެއް ހެންނެވެ. ސާދަ ފަނަރަ އަހަރުގެ ކުދީން ފަދައިންނެވެ.

ކޮންމެ މީހަކަށް އެމީހެއްގެ ދެ އަނބީންކަމުގައި، ދުނިޔޭގައި ލިބިފައިވާ އަނބީންގެ އިތުރަށް ދެ ޙޫރުލްޢީނުން ވެއެވެ. ޝަހީދުންނަށް 70 ޙޫރުލް ޢީނުންވެއެވެ. (ކޮންމެ ޝަހީދަކަށް 70 ޙޫރުލްޢީނުން ލިބިވަޑައިގަންނަވާނެއެވެ!)

--ޝައިޚް މުޙައްމަދު ޝާފިޢު

މިއަދު އޮންލައިން