ސޯޅަ މީހަކަށް ޝިފާ ލިބި އެކާވީސްމީހުން ޕޮޒިޓިވްވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 32ސ
ސޯޅަ މީހަކަށް ޝިފާ ލިބި އެކާވީސްމީހުން ޕޮޒިޓިވްވެއްޖެ!

އެޗްޕީއޭގެ މިއަދުގެ ޙިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ފަރުވާ ކުރަމުން ގެންދާ މީހުންގެ ތެރެއިން އިތުރު 16 މީހަކަށް މިއަދު ވަނީ ޝިފާ ލިބިފައެވެ. އެހެންކަމުން ބަލިން ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 1829 އަށް އަރައިފައެވެ. އަދި ފަރުވާ ދެވެމުން ދަނީ 396 މީހުންނަށެވެ. 

މިއަދު ޕޮޒިޓިވްވި 16 މީހުންގެ ތެރޭގައި ހިމެނެނީ 12 ދިވެއްސަކާއި، ބަންގްލަދޭޝްގެ 7 މީހެއްގެ އިތުރުން އިންޑިއާގެ މީހަކާއި ނޭޕާލް މީހެކެވެ.

މިއަދާއި ހަމައަށް މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2238 އަށް އަރައިފައެވެ.

މިއަދު އޮންލައިން