ބޭނުންވާ އިޤްޠިޞާދީ ކުރިއެރުން ޙާޞިލު ނުކުރެވިއްޖެނަމަ އޮންނާނީ ޚަރަދުތައް ކުޑަކުރުން!: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ބޭނުންވާ އިޤްޠިޞާދީ ކުރިއެރުން ޙާޞިލު ނުކުރެވިއްޖެނަމަ އޮންނާނީ ޚަރަދުތައް ކުޑަކުރުން!: ރައީސް ޞާލިޙް

ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްޠިޞާދީ ކުރިއެރުން ޙާޞިލު ނުކުރެވިއްޖެނަމަ އޮންނާނީ ޚަރަދުތައް ކުޑަކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ މިއަަހަރު ރާއްޖެއަށް އިތުރު 5،6 ލައްކަ ފަތުރުވެރިން އިތުރަށް އަންނާނެ ކަމަށް ލަފާކުރެއްވީ ޕީކް ސީޒަންގައި މަހަކު 2 ލައްކަ ފަތުރުވެރިން އައިސްފައިވާއިރު އެއިގެ ތެރެއިން ބައަކު މަދުވި ނަމަވެސް އެ އަދަދަށް އަންނާނެ ކަމަށް ބައްލަވައިގެން ކަމަށެވެ. 

ރައީސް ޞާލިޙް މިއަދު ވަނީ ސައުދީ ސަރުކާރުން ދޭން ނިންމާފައިވާ 50 މިލިއަން ޑޮލަރުގެ ލޯނުގެ ކަންކަން މިހާރު ހަަމޖެހިފައިވާ ކަމާއި އިތުރު އެހީ ހޯދަން ސަރުކާރުން މަސައްކަތްކުރަމުން ގެންދާކަން ފާހަގަކުރައްވައިފައެވެ. 

މިއަަހަރުގެ ކުރިއަށް އޮތްތަނަށް 900 މިލިއަން ޑޮލަރާއި 1000 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދަކަށް އެހީ ބޭނުންވާކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.

މިއަދު އޮންލައިން