މިއަހަރު އިތުރު ހަ ލައްކަ ފަތުރުވެރިން އަންނާނެ ކަމުގެ އުންމީދު ރައީސް ޞާލިޙް ދެއްވައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
މިއަހަރު އިތުރު ހަ ލައްކަ ފަތުރުވެރިން އަންނާނެ ކަމުގެ އުންމީދު ރައީސް ޞާލިޙް ދެއްވައިފި!

ރާއްޖޭގެ ބޯޑަރު އަންނަ މަހު ހުޅުވައިލުމުން އަހަރުގެ ކުރިއަށް އޮތް ތަނުގައި 5 ލައްކަ އާއި 6 ލައްކަ ދެމެދުގެ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރްތަކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާލުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވައިލައްވާނެ ކަމަށެވެ. އަދި ބޯޑަރު ހުޅުވައިލުމުން ފަތުރުވެރިން އަންނަން ފަށާނެ ކަމަށެވެ.  

"ޗައިނާއިން މިހާރުވެސް ވަނީ ފަތުރުވެރިން ފޮނުވާނެ ކަމަށް ބުނެފަ. ޗައިނާއިން ބޭނުންވޭ ރާއްޖެއިން ފުރާއިރު 4 ދުވަސް ހަމަނުވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ އަތުގައި އޮންނަން. ރާއްޖޭގައި މިހާރު ދުވާލަކު 1000 ޓެސްޓްކުރެވޭ. ވީމާ އެކަން ކުރެވޭނެ. ކޮންމެ ޤައުމަކުންވެސް ބޭނުންވާ ގޮތަށް ކަންކަން ކުރަން ސަރުކާރުން މަސައްކަތްކުރާނެ!"

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އަލުން ފަތުރުވެރިކަން ހުޅުވައިލަން މަސައްކަތްކުރެވޭއިއރު މިހާރުވެސް ބައެއް ރިޒޯޓުތަކަށް 30 އިންސައްތައިގެ ބުކިންގްސް ލިބިފައިވާ ކަމަށެވެ.

 

 

 

މިއަދު އޮންލައިން