ރާއްޖޭގަ ވެރިކަން ކުރާނެ ނިޒާމާމެދު ވިސްނަން ވަގުތު ހޭދަކުރަން ބޭނުމެއް ނޫން!: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ރާއްޖޭގަ ވެރިކަން ކުރާނެ ނިޒާމާމެދު ވިސްނަން ވަގުތު ހޭދަކުރަން ބޭނުމެއް ނޫން!: ރައީސް ޞާލިޙް

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމާއިމެދު ވިސްނަވަން ވަގުތު ހޭދަކުރައްވަން ބޭނުންފުޅު ނޫން ކަމަށް ރައީސުލްޖުމްހޫރއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމް ޤާނޫނު އަސާސީގައި ލިޔެވިފައި އެވަނީ ރައްޔިތުން ބޭނުންވި ގޮތަށް ކަމަށާއި އެނިޒާމަށް ކޮންމެ އިރަކު ނަމަވެސް ބަދަލެއް ގެނެވޭނީ ރައްޔިތުން އެކަމަށް ގޮތެއް ނިންމުމުން ކަމަށެވެ! 

މާނައަކީ ރާއްޖޭގައި ވެރިކަންކުރާ ނިޒާމް، ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަކީ މަޖިލީހުން އެކަނި ކުރެވޭނެ ކަމެއް ނޫން ކަމާއި އެކަން ކުރެވޭނީ ރައްޔިތުންގެ ރުހުން ލިބިގެން ކަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ނަމުގައި ހިންގާ މަޖިލީހުން މިހާރުވެސް ގެންދަނީ ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުކުރަންޖެހިފައިވާކަން ހާމަކުރަމުންނެވެ! އެފަދަ ވާހަކަތައް ދައްކަނީ އެއިރުން ބޮޑުވަޒިރުގެ ގޮތުގައި ރާއްޖޭގެ ވެރިކަން ރައީސް ނަޝީދަށް ފުރޮލިގެންދާނެ ކަމަށް ބަލައިގެންކަންވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން