ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޤްޠިޞާދީ ދަތިކަމާއި ގުޅިގެން ޗައިނާގެ ދީލަތި އެހީތެރިކަން އެންމެ ފުރިހަމަ ގޮތުގައި ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ނަގާފައިވާ ލޯނުތަކުގެ އަދަދު 1.5 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށާއި މިއަދަދުގެ ތެރެއިން ސީދާ ސަރުކާރުގެ ލޯނުތަކުގެ އަދަދަކީ 600 މިލިއަން ޑޮލަރު ކަމަށެވެ.
"މިއަހަރު ދައްކަން ފަށަން ޖެހޭ ލޯނުތައްވެސް އެބަހުރި. އެކަންކަމަށް ލުއިތަކެއް ލިބިގެންދާނެ ކަމުގެ އުންމީދު ވަނީ މިހާރުވެސް ޗައިނާއިން ދީފައި. އެކަމަށް މަސައްކަތް ދަނީ ކުރެވެމުން. ސުނާމީ އާ ގުޅިގެންވެސް ސަރުކާރަށް ނަގާފަވާ ހުރިހާ ލޯނުތަކެއް ޗައިނާއިން މާފުކޮށްދިން! ޗައިނާގެ އެހީތެރިކަން އަބަދުވެސް ދާނީ ރާއްޖެއަށް ލިބެމުން ކަމަށް އަޅުގަނޑު ޔަޤީން ކުރަނީ!" ރައީސް ޞާލިޙް ވިދާޅުވިއެވެ.