ކައިވެނިކުރުމަށް ތިމާގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ވެސް ކަނޑައެޅުއްވެވީ އިންސާނުން އުފެއްދެވި ﷲ ތަޢާލާއެވެ. އިންސާނުންގެ އެންމެހައި ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާއެވެ. ވީމާ ﷲ ތައާލާ ކަމެއް ނިންމެވުމުން އެކަމުން އިންސާނިއްޔަތަށް ގެއްލުން ލިބޭ ކަމަށް ބުނުމުން އެބައަކު ނުވަތަ އެމީހަކު ފައުޅުގައި އެބުނަނީ ތިމާއަކީ އިންސާނުންގެ ކަންކަން ﷲ ތަޢާލާ ދެނެވޮޑިގެންވާ ވަރަށްވުރެ މާމޮޅަށް އެނގޭ މީހެއް ކަމަށެވެ. މިއީ އެއްވެސް މުސްލިމަކު ބުނާނެ ބަހެއް ނޫނެވެ!
ރާއްޖޭގައި މިފަދަ ފަތުވާތައް ނެރޭ ޝައިޠޯނީ އެޖެންޓުންނަށް ނުއެނގޭކަމަކީ އެމީހުން އެޤަުމަކީ އެންމެ ފުރހަމަ ޤައުމުކަމަށް ނުވަތަ އެ ޤައުމުގެ ޤާނޫނު އަސާސީއަކީ އެންމެ ފުރިހަމަ ޤާނޫނު އަސާސީކަމަށް ޤަބޫލުކުރާ އެމެރިކާގައިވެސް ޢުމުރުން 12 އަހަރުވުމުން ޝަރުޠުތަކަކާއިއެކު ކައިވެނި ކުރުން ހުއްދަކުރާ ކަމެވެ.
އެކަމަށް ހުއްދަ ނަގަން ޖެހެނީވެސް ޖެންޑަރ މިނިސްޓްރީއަކުންވެސް ނޫނެވެ. ކުއްޖާގެ ޞިއްހަތު އެކަމަށް ތަންދީ، މައިންބަފައިން އެކަމަށް ރުހި، އަންހެން ކުއްޖާ އެކަމަށް ރުހޭނަމަ އެމެރިކާގައި 12 އަހަރުގައިވެސް ކައިވެނިކުރަން ހުއްދަދެއެވެ. މިއީ ހަމަ އިސްލާމް ދީނުގައިވެސް އެކަން އޮތް ގޮތެވެ!
ރާއްޖޭގައި ކައިވެނިކުރާ ޢުމރަކީ 18 އަހަރުކަމަށް ޤާނޫނުގައި ކަނޑައަޅާފައި އޮންނަ އޮތުމަށް ރައްޔިތުން އިޙްތިރާމް ކުރެއެވެ. އެހެންކަމުން މަދު މީހަކު ކުރާ ކަމަކުން އެކަމުގެ ޒިންމާ މުޅި މުޖުތަމޢުގައި އަޅުވައި އިސްލާމް ދީން ފަޟީހަތްކުރުމުގެ ފުރުޞަތު ހަމައެކަކަށްވެސް ދެވިގެން ނުވާނެ ކަމަށް ޤަބޫލުކުރެވެއެވެ!
ޝައިޠޯނީ އެޖެންޓް، އެމްޑީއެން ގެ މަސައްކަތްތަކަށް ކޮންމެވެސް މިނަވަރެއްގެ ހުރަސްތަކެއް އެޅޭގޮތްވުމުން އުތެމަ، ބުތެމަ، ފަދަ ނަންތަކުގައި ގައިވެސް ނުކުމެ މިކުރާ ކަމަކީ ހަމަ އެއް ކަމެކެވެ. އސްލާމް ދީނުގެ ޙަޤީޤަތް އޮޅުވައިލުމެވެ. މީސްތަކުންގެ ހިތްތަކުގައި ﷲ ތަޢާލާއާއިމެދު ނަފްރަތު އުފެއްދުވުމެވެ. ޒުވާން ޖީލު، ﷲ ތައާލާގެ ޙުކުމްފުޅުތަކާއި ދުރަށް ޖައްސުވަން މަސައްކަތް ކުރުމެވެ.
ގިނަ ބައަކު ބުނަނީ ރާއްޖޭގައި މިފަދަ އިސްލާމް ދީނާއި ޚިލާފް ކަންކަން ކުރުން ނުހުއްޓުވޭނަމަ އެކަމުން އެނގިގެންދަނީ އެފަދަ ކަންކަމަށް ސަރުކާރުން ހިތްވަރުދޭކަން ކަމަށެވެ. އަދި އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ސަރުކާރަށް ޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކޮށް ނުދެވޭ ސަރުކާރެއް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެމްޑީއެންގެ ޝައިޠޯނީ ވަސްވާސްތައް ނެރުމުގައި އިސްކޮށް ތިބި މީހުން ރާއްޖޭގައި ނެތުމުން އެމީހުންނާއިމެދު ފިޔަވަޅު ނުއެޅޭކަމަށް ފުލުހުން ބުނާއިރު އެ ޝައިޠޯނީ ވަސްވާސްތަކަށް ހިތްވަރުދީ ޙިމާޔަތްކުރަން މަސައްކަތްކުރި މީހުން ރާއްޖޭގައި މހާރުވެސް އެބަ ތިބި އިރު އެމީހުންނާއިމެދު ފިޔަވަޅުއަޅަންވެސް ސަރުކާރު ނުކުޅެދިފައިވާކަންވެސް ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ!
އިސްލާމް ދީނުގެ ޙުކުމްތަކަށް ފުރައްސާރަކޮށް ރިޕޯޓްކޮށް ބަޔާންނެރެ، ﷲ ތަޢާލާއަށްވުރެ ތިމާމެންނަށް މާމޮޅަށް ކަންކަން އެނގޭކަމަށް ބުނެ ރިޕޯޓްތައް ނެރުމުގެ ފުރުޞަތު ސަރުކާރުން ދީފައި އޮތުމަކީވެސް ގިނަ ބައަކު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ.
ހިތާމައަކީ މިގޮތަށް ނެރޭ ރިޕޯޓުތަކުގައި 18 އަހަރުނުވާ ކުދިން ޒިނޭކުރާ ކަމާއި ޒިޭގެ ދަރިން ވިހާކަން ފާހަގަކޮށް އެކަންކަން ކުށްވެރި ނުކުރާތީއެވެ. އެކަމުން އެނގެނީ ބައަކު މިއުޅެނީ މިއުޅެނީ މިޤަުމުގައި ޒިނޭކުރުން ޢާންމުކުރުވަންކަމެވެ. ހިތްވަރު އެދެނީ ޒިނޭކުރަން ކަމެވެ!
ޝައިޚް ޢަލީ ޒައިދުގެ މި ބަސްފުޅުން އެކަމުގެ ޙަޤީޤަތް ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.
""ބައެއް މީހުންގެ ވިސްނުން ހުންނަނީ އެކޮޅުކޮޅުންނެވެ! 18 އަހަރުގެ ކުއްޖަކު ކައިވެނިކުރާ ވާހަކަ ދައްކައިފިނަމަ ބުނަނީ އެއީ ކުޑަކުއްޖެއް ކަމަށެވެ. 18 އަަހރުވާއިރު އެތައް ފަހަރު ޒިނޭކޮށްފައިވުމަކީ އެއްވެސް ބޮޑުކަމަކަށް ނުހަދައެވެ!
ދެއަންބަށް ކައިވެނި ކުރުމުގެ ފުރުޞަތު އޮތުމުން އިސްލާމް ދީނަކީ ކޮންކަހަލަ ދީނެއް ކަމާއިމެދު ސުވާލު އުފައްދައެވެ. ކައިވެނި ނުކޮށް ހުރެ ކިތަންމެ ގިނައިން ޒިނޭ ކުރިނަމަވެސް އެއީ މައްސަލއެއް ކަމަކަށް ނުދެއެވެ!
އިސްލާމީ ޘަޤާފަތް ހަދަނީ ހަޑި ޘަޤާފަތަކަށެވެ. ރީތިކަމަށް ހަދަނީ ހުޅަނގުގެ ޘަޤާފަތެވެ!"
--ޝައިޚް ޢަލީ ޒައިދު އަދި ޝައިޚް މުޙައްމަދު ޝާފިޢުވެސް ވިދާޅުވެފައިވަނީ ހަމަ ޙައްޤު ބަސްފުޅެވެ.
"ބާޠިލަކީ އުފަންވާއިރުވެސް މަރުވެފައި އޮންނަ އެއްޗެކެވެ! ކިތަންމެ ވަރަށް ބައަކު އެ ދިރުވަން މަސައްކަތް ކުރި ކަމުގައިވިޔަސް ނުދިރުވޭނެއެވެ!
އެއްވެސް މީހަކު އެމީހާގެ ހަވާނަފްސުގެ އެދުންތަކުން އެއްކިބާވެހުރެ އިސްލާމްދީން ދިރާސާކޮށްފިނަމަ، އެ ދީން ކުރިއަރުވަން މެނެވީ މަސައްކަތެއް ނުކުރާނެއެވެ. އެބައިމީހުންގެ މައްސަލައަކީ އިސްލާމްދީނާމެދު އެމީހުންގެ ހިތްތަކުގައި އޮންނަ ޙަސަދައެވެ. ޙައްޤު ނޭނގެނީއެއް ނޫނެވެ."
--ޝައިޚް މުޙައްމަދު ޝާފިޢު