އެޗްޕީއޭގެ މިއަދުގެ ޙިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ފަރުވާ ކުރަމުން ގެންދާ މީހުންގެ ތެރެއިން އިތުރު 10 މީހަކަށް މިއަދު ވަނީ ޝިފާ ލިބިފައެވެ. އެހެންކަމުން ބަލިން ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 1813 އަށް އަރައިފައެވެ. އަދި ފަރުވާ ދެވެމުން ދަނީ 391 މީހުންނަށެވެ.
މިއަދު ޕޮޒިޓިވްވި 14 މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެއްސަކާއި، ބަންގްލަދޭޝްގެ 3 މީހެއްގެ އިތުރުން އިންޑިއާގެ ދެ މީހަކާއި ސްރީލަންކާގެ މީހެކެވެ.
މިއަދާއި ހަމައަށް މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2217 އަށް އަރައިފައެވެ.