މާވެޔޮ މަގުގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށްފައިވާ މާވެޔޮ މިސްކިތާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރާއި ސުވާލުކުރުން ރައްޔިތުންގެ މަޖިލިސް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މާވެޔޮ މިސްކިތް އަލުން ހުޅުވޭނެ ތާރީޙެއް ސާފު ކުރެއްވުމަށް މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވަނީ މިދިޔަ ރޯދަމަހުގެ ކުރިން މިނިސްޓަރާ ކުރެއްވުމަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް ކޮރޯނާވައިރަހާއި ގުޅިގެން އޭރުވަނީ މިސުވާލު ކުރެވޭގޮތް ނުވެފައެވެ.
އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ މީގެ ކުރިން ބުނެފައިވަނީ މާވެޔޮ މިސްކިތް ހުޅުވާނީ މާލޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަދިނުމުން ކަމަށެވެ.