ފަނަރަ މީހަކަށް ޝިފާ ލިބި ސޯޅަމީހުން ޕޮޒިޓިވްވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ފަނަރަ މީހަކަށް ޝިފާ ލިބި ސޯޅަމީހުން ޕޮޒިޓިވްވެއްޖެ!

އެޗްޕީއޭގެ މިއަދުގެ ޙިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ފަރުވާ ކުރަމުން ގެންދާ މީހުންގެ ތެރެއިން އިތުރު 15 މީހަކަށް މިއަދު ވަނީ ޝިފާ ލިބިފައެވެ. އެހެންކަމުން ބަލިން ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 1803 އަށް އަރައިފައެވެ. އަދި ފަރުވާ ދެވެމުން ދަނީ 387 މީހުންނަށެވެ. 

މިއަދު ޕޮޒިޓިވްވި 16 މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެއްސަކާއި، ބަންގްލަދޭޝްގެ 7 މީހެއްގެ އިތުރުން އިންޑިއާގެ މީހެކެވެ.

މިއަދާއި ހަމައަށް މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2203 އަށް އަރައިފައެވެ.

މިއަދު އޮންލައިން