ބޭރަށް ނުކުންނަން ހުއްދަދިނީ ޒަރޫރީ ބޭނުންތަކަށް! ޢާންމުކޮށް ބޭރަށް ނުކުމެ އުޅޭކަށް ނޫން!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 17ސ
ބޭރަށް ނުކުންނަން ހުއްދަދިނީ ޒަރޫރީ ބޭނުންތަކަށް! ޢާންމުކޮށް ބޭރަށް ނުކުމެ އުޅޭކަށް ނޫން!

އިތުރު ހުއްދައެއް ނެގުމަކާއި ނުލައި ޢާންމުކޮށް ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ ދިނީ ޒަރޫރީ ބޭނުންތަކަށް ކަމަށާއި ޢާންމުކޮށް ބޭރަށް ނުކުމެ އުޅެން ނޫންކަމަށް ޓެކް ޓީމުން ވިދާޅުވެއްޖެއެވެ. 

ޓެކް ޓީމުން މިރޭ ވިދާޅުވީ ހުއްދަ ދިނީ ފިހާރަތަކަށް ދިއުމަށާއި މަސައްކަތު ދިއުމަށާއި ޑޮކްޓަރަށް ދައްކަން ދިއުމާއި މިފަދަ ޒަރޫރީ ބޭނުންތަކަށް ނުކުމެ އުޅެން ކަމަށާއި އަދި އެޗްޕީއޭގެ އުޞޫލުތަކަށް ޢަމަލުކުރުން ޝަރުޠުކޮށް ކަމަށެވެ. 

"ނަމަވެސް މިހާރު ފެންނަމުން މިދަނީ ގިނަ ބައަކު އެތަނަކަށް އެއްވެ އުޅޭތަން! ޓޭކަވޭ ތަންތަނުން ތަކެތި ގަނެގެން ކައިބޮއި ހަދަންވެސް މަޑުކުރަމުންދާތަން. ހަވީރުވެސް ގިނަ އަދަދެއްގެ ކުދިން ބޭރުގައި ގެންގުޅޭތަން. އުމުރުން ދުވަސްވީ މީހުންނަށް ކަސްރަތުކުރަން ޚާއްޞަކޮށްފައިވާ ވަގުތުގައި ޒުވާނުންވެސް ނުކުމެ ކަސްރަތުކުރަން އުޅޭތަން." 

ޓެކް ޓީމުން ވިދާޅުވީ ލުއިތައް ދީފައިވަނީ ޙަލަތު ރަނގަޅުވެ ބިރު ފިލައިގެން ދިއުމުން ނޫން ކަމަށާއި އެހެންކަމުން ހުއްދަ ދިން މަޤްޞަދާއި އެއްގޮތަށް ކަންކަން ކުރުމަށާއި އެޗްޕީއޭގެ އެންގުންތަކަށް ޢަމަލުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. 

ޑރ. އަފަޒަލް މިރޭ ވެސް ވަނީ ކޮވިޑްގެ ނުރައްކާ އަދިވެސް އެބައޮތްކަން ހާމަކުރައްވައި 2 މީހަކަށް މިހާރުވެސް ވެންޓިލޭޓަރުގައި ފަރުވާ ދެވެމުން އަންނަ ކަމަށް ވިދާޅުވެފައެވެ. " ޓްރީޓޮޕް ހޮސްޕިޓަލުގައި މިވަގުތު ތިބީ ކޮވިޑް ޖެހިފައިވާ 3 މީހުން. މީގެތެރެއިން އެކަކު ވަނީ ވެންޓިލޭޓަރުގަ! އަދި ހުޅުމާލޭ މެޑިކަލް ހޮސްޕިޓަލުގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ 8 މީހަކު އެބަތިބި! މީގެތެރެއިން އެކަކު ވަނީ ވެންޓިލޭޓަރުގަ!" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިއަދު އޮންލައިން