ނަވާރަ މީހަކަށް ޝިފާ ލިބި ތިރީސް ހަތްމީހުން ޕޮޒިޓިވްވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ނަވާރަ މީހަކަށް ޝިފާ ލިބި ތިރީސް ހަތްމީހުން ޕޮޒިޓިވްވެއްޖެ!

އެޗްޕީއޭގެ މިއަދުގެ ޙިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ފަރުވާ ކުރަމުން ގެންދާ މީހުންގެ ތެރެއިން އިތުރު 19 މީހަކަށް މިއަދު ވަނީ ޝިފާ ލިބިފައެވެ. އެހެންކަމުން ބަލިން ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 1788 އަށް އަރައިފައެވެ. އަދި ފަރުވާ ދެވެމުން ދަނީ 389 މީހުންނަށެވެ. 

މިއަދު ޕޮޒިޓިވްވި 37 މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެއްސަކާއި، ބަންގްލަދޭޝްގެ 12 މީހެއްގެ އިތުރުން އިންޑިއާގެ ހަ މީހެކެވެ.

މިއަދާއި ހަމައަށް މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2187 އަށް އަރައިފައެވެ.

މިއަދު އޮންލައިން