އެޗްޕީއޭގެ މިއަދުގެ ޙިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ފަރުވާ ކުރަމުން ގެންދާ މީހުންގެ ތެރެއިން އިތުރު10 މީހަކަށް މިއަދު ވަނީ ޝިފާ ލިބިފައެވެ. އެހެންކަމުން ބަލިން ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 1769 އަށް އަރައިފައެވެ. އަދި ފަރުވާ ދެވެމުން ދަނީ 371 މީހުންނަށެވެ.
މިއަދު ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި 10 ބަންގްލަދޭޝް މީހުންނެވެ.
މިއަދާއި ހަމައަށް މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2150 އަށް އަރައިފައެވެ.