އޯކިޑް މަގުގައި ވައިޓް ގޭޓާއި އެހެންވެސް ބައެއް ގެތަކާއި ފިހާރަތައް އެހުރި ސަރަހައްދަކީ އެތަނުގައި އެހެރަ މިސްކިތުގެ ގޯތީގެ ބައެކެވެ. އެތަނުން ގޯތި ލިބިގެން ގެއަޅަން ވެގެން ކޮނުމުގެ ތެރޭގައި ކޮނުނު މީހުންނަށް ބިރުވެރި ހަރުފައެއް ފެނުނެވެ.
އެމީހުންނަށް ބިރުން އަޑުގަދަކުރެވުނެވެ. ކިޔުނު ހެޔޮ އެއްޗެއްވެސް ކިޔެވިއެވެ. ﷲއަކްބަރު ވެސް ގޮވިއެވެ. ކުއްލިއަކަށް ގެއްލުނު ގޮތަކަށް ފަހަކުން ނުފެނެއެވެ.
މިކަމާއި ގުޅިގެން ހޯދުނު މައުލޫމާތުނަ އެނގުނީ އެ ސަރަހައްދުގައި ވަރަށް ނުބައި ނުލަފާކޮށް ދުނިޔޭގައި އުޅުނު މީހަކު ވަޅުލެވިފާނެ ކަމެވެ!
ވިސްނައި ބިރުވެތިވާންވީ ހަރުފައަކަށް ނޫނެވެ! ހަރުފައަށް އާދެވޭނީ ﷲ ފޮނުއްވެވި ނަމައެވެ! ބިރުވެތިވާންވީ ކައްވަޅުގެ ޢަޛާބަށެވެ! ކައްވަޅުގައި ޢަޛާބު ދެއްވަވާނެ ކަމާއި ކައްވަޅުގެ ޢަޖާބުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކުރަން ޖެހޭކަން އެއީ ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރަންޖެހޭ ކަމެކެވެ. އެހެންކަމުން އެންމެންވެސް މަސައްކަތްކުރަންވީ ކައްވަޅާއި ނަރަކައިގެ ޢަޛާބުން ށަލާމަތްވުމަށެވެ!
(މިއީ މިއަދުނޫހާއި ވަރަށް ގާތް ގުޅުން ބާއްވަވާ ކިޔުންތެރިއަކު ދެއްވި މައުލޫމާތެވެ. އޭނާ މި މައުލޫމާތު ދެއްވީ މިއަދުނޫހުގައި ރޭ ޝާއިޢުކުރި ލިޔުމަކާއި ގުޅިގެންނެވެ. އަދި ތަންކޮޅެއް ކުރިން ޝާއިޢުކުރި ލިޔުމަކާއި ގުޅިގެން އެހެން ކިޔުންތެރިއަކު ވެސް ހަމަ މި މައުލޫމާތު ހިއްޞާ ކުރެއްވިއެވެ.)
- މިއަދުނޫހުގެ ކިޔުންތެރިއެއް!
ގުޅުންހުރި ލިޔުން: