އެޗްޕީއޭގެ މިއަދުގެ ޙިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ފަރުވާ ކުރަމުން ގެންދާ މީހުންގެ ތެރެއިން އިތުރު 7 މީހަކަށް މިއަދު ވަނީ ޝިފާ ލިބިފައެވެ.
އެހެންކަމުން ބަލިން ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 1677 އަށް އަރައިފައެވެ. އަދި ފަރުވާ ދެވެމުން ދަނީ 433 މީހުންނަށެވެ.
މިއަދު ޕޮޒިޓިވްވި 26 މީހުންގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި ބަންގްލަދޭޝް 16 މީހުންނާއި ނޭޕާލްގެ 3 މީހުންނާއި އިންޑިއާގެ 3 މީހުންނާއި ސްރީލަންކާ މީހެކެވެ.
މިއަދާއި ހަމައަށް މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2120 އަށް އަރައިފައެވެ.