އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ފަރުވާ ކުރަމުން ގެންދާ މީހުންގެ ތެރެއިން އިތުރު 13 މީހަކަށް މިއަދު ވަނީ ޝިފާ ލިބިފައެވެ. އެހެންކަމުން ބަލިން ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 1670 އަށް އަރައިފައެވެ. އަދި ފަރުވާ ދެވެމުން ދަނީ 414 މީހުންނަށެވެ.
މިއަދު ޕޮޒިޓިވްވި 29 މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ބަންގްލަދޭޝް 15 މީހުންނާއި ނޭޕާލްގެ 9 މީހުންނާއި އިންޑިއާގެ 2 މީހުންނާއި ފިލިޕިންސް މީހަކާއި އިތުރު އެކެކެވެ.
މިއަދާއި ހަމައަށް މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2094 އަށް އަރައިފައެވެ.