ޖަމާޢަތުގަ ނަމާދުކުރުން ހުއްދަ ނުކުރެވުނީ ޑޮކްޓަރުން އެކަމަށް ލަފާދެއްވުމުން!: އަޙްމަދު ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޖަމާޢަތުގަ ނަމާދުކުރުން ހުއްދަ ނުކުރެވުނީ ޑޮކްޓަރުން އެކަމަށް ލަފާދެއްވުމުން!: އަޙްމަދު ޒާހިރު

މިސްކިތްތައް އަލުން ހުޅުވައިލި ނަމަވެސް ޖަމާޢަތުގައި ނަމާދުކުރަން ނުފެށުނީ ޑޮކްޓަރުން އެކަމަށް ލަފާދެއްވުމުން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ. 

ޑރ. ޒާހިރު ވިދާޅުވީ މިސްކިތަށް ދާންވާނީ ގެއިން ވުޟޫކޮށްގެން އަދި މުސައްލަވެސް ހިފައިގެން ކަމަށެވެ. ރޯގާގެ އަސަރު ހުރި މީހުންނާއި ދާއިމީ ބައްޔެއްގައި ބޭސްކުރާނަމަ މިސްކިތަށް ނުދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

ޑރ. ޒާހިރު ވިދާޅުވީ ބަލިން އަރައިގަތުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރުން ދެއްވާ އިރުޝާދުތަކަށް ތަބަޢާވުން ކަމަށާއި އެކަން ނުކޮށްފިނަމަ ޙާލަތު ގޯސްވެ އަލުން މިސްކިތްތައް ބަންދު ކުރަންވެސް ޖެހިދާނެ ކަމަށެވެ. 

"މިސްކިތްތަކުން ވުޟޫ ކުރެވޭނެ. ފާޚާނާތައްވެސް ހުންނާނީ ހުޅުވާފަ. އަތްދޮންނަ ފުޅިވެސް މާދަމާގެ ނިޔަލަށް ހުރިހާ މިސްކިތްތަކުގައި ބަހައްޓާނެ. މިސްކިތްތައް މިހާރުވެސް ދުވާލަކު 2،3 ފަހަރު ސާފުކުރެވޭ. ބަލި ފެތުރިދާނެ ކަމުގެ ބިރު އަދިވެސް އޮތުމުން އެންމެ ރަނގަޅީ ހަމަ އަދިވެސް ގޭގައި ނަމާދުކުރުން." އިސްލާމިކް މިނިސްޓްރީން މިރޭ ބުނެފައިވެއެވެ.

މިއަދު އޮންލައިން