އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ފަރުވާ ކުރަމުން ގެންދާ މީހުންގެ ތެރެއިން އިތުރު 229 މީހަކަށް ވަނީ ޝިފާ ލިބިފައެވެ. އެހެންކަމުން ބަލިން ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 1540 އަށް އަރައިފައެވެ. އަދި ފަރުވާ ދެވެމުން ދަނީ 515 މީހުންނަށެވެ.
މިއަދު ޕޮޒިޓިވްވި 30 މީހުންގެ ތެރޭގައި ހިމެނެނީ 916 ދިވެހިންނާއި ބަންގްލަދޭޝް 13 މީހުންނާއި ނޭޕާލްގެ މީހެކެވެ.
މިއަދާއި ހަމައަށް މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2065 އަށް އަރައިފައެވެ.