ނުވަދިހަ ހަތަރު މީހަކަށް ޝިފާ ލިބި 22 މީހަކު ޕޮޒިޓިވްވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
ނުވަދިހަ ހަތަރު މީހަކަށް ޝިފާ ލިބި 22 މީހަކު ޕޮޒިޓިވްވެއްޖެ!

މިއަދު ޕޮޒިޓިވްވެފައިވަނީ 22 މީހުންނެވެ. އެއިގެ ތެރޭގައި ހިމެނެނީ 9 ދިވެހިންނާއި ބަންގްލަދޭޝްް 9 މީހުންނާއި ނޭޕާލްގެ 2 މީހަކާއި ތައިލަންޑް މީހަކާއި އިންޑިއާ މީހެކެވެ.  

ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ފަރުވާ ކުރަމުން ގެންދާ މީހުންގެ ތެރެއިން އިތުރު 94 މީހަކަށް ވަނީ ޝިފާ ލިބިފައެވެ. މިހައިތަނަށް ޝިފާ ލިބުނުމީހުންގެ ޢަދަދު ވަނީ 1311 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2035 އަށް އަރައިފައެވެ. މިހާރު ފަރުވާ ދެވެމުންދަނީ 714 މީހަކަށެވެ. އެއީ ބަލިޖެހުނު މީހުންގެ އަދަދަށްބަލާއިރު ތިންބައިކުޅަ އެއްބައާއި ގާތްކުރާ ޢަދަދެކެވެ. އެހެންކަމުން ތިންބައިކުޅަ ދެބައިހައި މީހުންނަށް މިހާރު މާތް ﷲ ވާގިފުޅާއިއެކު ޝިފާލިބިފައެވެ!

މިއަދު އޮންލައިން