މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާޢަތް ހެދުމަކާއި ނުލައި ނަމާދު ކުރުމަށް މިސްކިތްތައް ހުޅުވާލުމަށް ހުއްދަ ސިއްހީ ދާއިރާގެ ކަމާ ގުޅޭ ފަރާތްތަކުގެ ލަފައާ އެކު އިސްލާމިކް މިނިސްޓްރީން މިއަދު ދީފިއެވެ.
ޖަމާއަތުގައި ނަމާދުކުރުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި މެދުކަނޑައިލީ އިސްލާމިކް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް މިދިޔަ މާޗް 18 ވަނަ ދުވަހުގެ އަސްރު ނަމާދުން ފެށިގެންނެވެ.
މިސްކިތްތަކުގައި ޖަމާޢަތް ހެދުމަކާއި ނުލައި ނަމާދު ކުރުމަށް ހުއްދަ ދީފައި މި ވަނީ ކޮރޯނާވައިރަހާއި ގުޅިގެން މިސްކިތްތަށް ބަންދުކުރުމަށްފަހު ގާތްގަނޑަކަށް ތިން މަސް ދުވަސް ފަހުންނެެވެ.
ޖަމާޢަތް ހެދުމަކާއި ނުލައި ނަމާދު ކުރުމަށް މިސްކިތްތައް ހުޅުވާލުމާއި ގުޅޭ#MVIaffairs #COVID19MV pic.twitter.com/ZhbTodFqmT
— Ministry of Islamic Affairs (@MVIaffairs) June 14, 2020