ރައީސް ޑރ. ވަޙީދުގެ ދެކަނބަލުންނަށް ފުރައްސާރަކުރި އެމްޑީޕީ އެކްޓިވިސްޓެއްގެ މައްސަލަ ބަލާކަމަށް ފުލުހުން ބުނެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރައީސް ޑރ. ވަޙީދުގެ ދެކަނބަލުންނަށް ފުރައްސާރަކުރި އެމްޑީޕީ އެކްޓިވިސްޓެއްގެ މައްސަލަ ބަލާކަމަށް ފުލުހުން ބުނެފި

ޜައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ދެކަނބަލުން މިއަދު ހެނދުނު ކަސްރަތު ކުރައްވަން އުސްފަސްގަނޑު ސަރަހައްދުގައި އުޅުއްވނިކޮށް ބަހުން ހަމަލާދީ ފުރައްސާރަކުރި މީހެއްގެ މައްސަލަ ބަލަމުން ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ޑރ. ވަހީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓެއްކަމަށްވާ "ޖޯރޭ" ކުރި މިއަމަލު ކުށްވެރިކުރައްވާ ކަމަށެވެ! އަދި އެވަގުތު އުސްފަސްގަނޑުގައި ތިބި މީހުންނަށް އޭނާ ކުރި ލަދުވެތި ޢަމަލު ފެންނާމެ ކަމަށެވެ.

ރައީސް ޑރ. ވަޙީދު ވަނީ މި މައްސަލަ ދައުލަތުގެ އިސްވެރިންނާއި ސްރީލަންކާ އަދި އިންޑިއާގެ ވެރިންގެ ސަމާލުކަމަށްވެސް ގެންނަވައިފައެވެ.

އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ޑރ. ވަޙީދަށް ނަފްރަތުކުރަނީ އެމްޑީޕީގެ ކުރީގެ ވެރިކަމުން ރައީސް ނަޝީދު އިސްތިއުފާދެއްވި ސަބަބުގެ ވާހަކަ އެކިފަހަރު އެކިގޮތަށް ދައްކަވަމުން ގެންދަވާތީ އިސްތިޢުފާ ދެއްވި އަޞްލު ސަބަބު ސާފުނުވާތީކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން