2 ފްލައިޓެއްގަ ނޭޕާލުން ރާއްޖެ އައުމުގެ ފުރުޞަތު ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
2 ފްލައިޓެއްގަ ނޭޕާލުން ރާއްޖެ އައުމުގެ ފުރުޞަތު ހުޅުވާލައިފި

މިމަހުގެ 15 އަދި 16 ވަނަ ދުވަހު ނޭޕާލުން ރާއްޖެއަށް އަންނަ ފްލައިޓްތަކުގައި ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް އެ ފްލައިޓްތަކުގައި އައުމުގެ ފުރުސަތު އެބަ އޮތް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. 

މި ފްލައިޓްތަކަށް ރާއްޖެ އައުމަށް ބޭނުންވާ ހުއްދަ ދިނުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.  

ފޮރިން މިނިސްޓްރީން ބުނީ މިވަގުތު ނޭޕާލުން ރާއްޖެއަށް އަންނަން އެދިފައި ތިބީ 8 ދިވެހިން ކަމަށާއި ނޭޕާލުން ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް އެންގުން އެދޭކަމަށެވެ.

މިއަދު އޮންލައިން