އައްޑޫގަ ކަރަންޓިނުގަ ހުރި ދޮށީ އުމުރުގެ އަންހެނަކު ކޮރޯނާއަށް ޕޮޒިޓިވްވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
އައްޑޫގަ ކަރަންޓިނުގަ ހުރި ދޮށީ އުމުރުގެ އަންހެނަކު ކޮރޯނާއަށް ޕޮޒިޓިވްވެއްޖެ!

އައްޑޫ އިކްއިޓޯރިއަލް ކަރަންޓީނު ސެންޓަރުގައި ހުރި ޢުމުރުން 65 އަހަރުގެ އަންހެނަކު ކޮރޯނާއަށް ޕޮޒިޓިވްވެއްޖެއެވެ. އޭނާއަކީ މާލެއިން ދިއުމުން ކަރަންޓީނުގައި ބަހައްޓާފައި އަންހެނެކެވެ. 

އޭނާ ހުރީ އޭނާގެ މާމަ އަންހެން ދަރިފުޅާއި އެއް ކޮޓަރިއެއްގައެވެ. ނަމަވެސް ދަރިފުޅުގެ ޓެސްޓް ވަނީ ނެގަޓިވްވެފައެވެ. 

އޭނާއަކީ ގޭގައި ކަރަންޓީނުވުމަށް ފޮނުވަން ފެށުމުގެ ކުރިން ފޮނުވުނު އަންހެނެކެވެ. ޕޮޒިޓިވްވެފައިވަނީ 15 ދުވަސްވެގެން ދޫކޮށްލަން ކުރި ޓެސްޓުންނެވެ. މިއީ އައްޑޫ ސިޓީގައި ކޮރޯނާއަށް ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ.

މިއަދު އޮންލައިން