ފަނަރަވަނަ ދުވަހުން ފެށިގެން ފަތިހު ފަހަކުން ރޭގަނޑު ދިހައެއް ޖަހަންދެން ބޭރުގައި އުޅެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ފަނަރަވަނަ ދުވަހުން ފެށިގެން ފަތިހު ފަހަކުން ރޭގަނޑު ދިހައެއް ޖަހަންދެން ބޭރުގައި އުޅެވޭނެ!

މިމަހުގެ 15 ވާ ހޯމަ ދުވަހުން ފެށިގެން ފަތިހު 5 ން ފެށިގެން ރޭގަނޑު ދިހައެއް ޖަހަންދެން އެއްވެސް ހުއްދައެއް ނެތި ކޮންމެ މީހަކަށްވެސް ބޭރުގައި އުޅެވޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ. 

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މިގޮތަށް ހުއްދަދިން ނަމަވެސް 3 މީހުންނަށްވުރެ ގިނައިން އެއްވެ ނުއުޅެވޭނެ ކަމަށެވެ. 

މާދަމާއިން ފެށިގެން ހުއްދަ އިކޮނޮމިކް މިނިސްޓްރީގެ ހުއްދަ ނަގައިގެން ހުރިހާ ފިހާރަތަކެއްވެސް ހުޅުވައި ޚިދުމަތް ދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. 

މިސްކިތްތައްވެސް ހުޅުވާނެ ކަމަށާއި އަމަލުކުރަންޖެހޭ ގޮތް ފަހުން އިޢުލާނުކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

މިއަދު އޮންލައިން