އަށްޑިހަ ފަސް މީޙުންނަށް ޝިފާ ލިބި ސައްބީސް މީހަކު ޕޮޒިޓިވްވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 35ސ
އަށްޑިހަ ފަސް މީޙުންނަށް ޝިފާ ލިބި ސައްބީސް މީހަކު ޕޮޒިޓިވްވެއްޖެ!

ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރުން އިތުރުވެ އިތުރު 26 މީހުން ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ. މިއަދު ޝިފާ ލިބުނު މީހުންގެ އަދަދަކީ 85 އެވެ. އިއްޔެ ޝިފާ ލިބުނު މީހުންގެ ޢަދަދަކީ 98 އެވެ. މިހަިތަނަށް ޝިފާ ލިބުނުމީހުންގެ ޢަދަދު ވަނީ 925 އަށް އަރައިފައެވެ. 

މިއަދުޕޮޒިޓިވްވެފައިވަނީ 19 ދިވެހިންނާއި ބަންގްލަދޭޝް 7 މީހުންނެވެ. 

ފާއިތުވި 3 ދުވަހަށް ބަލައިފިނަމަ ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެނެވެ. އިއްޔެ ޕޮޒިޓިވްވީ 13 މީހުންނެވެ. އެއިގެ ކުރީ ދުވަހު ޕޮޒިޓިވްވީ 2 މީހުންނެވެ. 

އެޗްޕީއޭގެ މިއަދުގެ ހިސާބުތައް ދައްކާގޮތުން މިހައިތަނަށް ޕޮޒިޓިވްވެފައިވަނީ 1916 މީހުންނެވެ. މިހާރު ފަރުވާ ހޯދަމުން ދަނީ 981 މީހުންނެވެ.

މިއަދު އޮންލައިން