ބައްޕަ ހުންނަނީ މެންދުރުކައިގެންކަން ޔަޤީންކުރަން މަންމަ ކޮންމެ ދުވަހަކު އުފުލި ބުރައިގެވާހަކަ - ދަރިފުޅުގެ ދުލުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ބައްޕަ ހުންނަނީ މެންދުރުކައިގެންކަން ޔަޤީންކުރަން މަންމަ ކޮންމެ ދުވަހަކު އުފުލި ބުރައިގެވާހަކަ - ދަރިފުޅުގެ ދުލުން!

"އަހަރެންގެ ބައްޕައަކީ މަންމަ ޢާ ޢާއިލާއަށް ބޭނުންވާ ކަންކަން ކޮށްދިނުމަށްޓަކައި ދުވާލަކު 12 ގަޑިއިރު މަސައްކަތްކުރި މީހެކެވެ. ވީމާ ދުވާލުގެ ގަދަ ހޫނުގައި މުޅި ދުވަހު ބައްޕަ މަސައްކަތްކުރިއެވެ. 

ބައްޕަ މަސައްކަތުދާއިރު، ބައްޕަ މެންދުރު ކާނެ ތަކެތި މަންމަ ބައްޕައަތަކަށް ނުދެއެވެ. އެއިގެ ބަދަލުގައި ކޮންމެ ދުވަހަކު 23 ކިލޯމީޓަރަށް މަންމަ ދަތުރުކޮށް މެންދުރު ކެއީ ބައްޕަޢާއި އެކުގައެވެ. ކައިގެން އެނބުރި ގެއަށް އައިސް މަންމަ ބުނާނެއެވެ! "ހިތްހަމަ ޖެހުން ލިބިއްޖެ އެވެ. ބައްޕަމިހާރު ހުންނާނީ މެންދުރު ކައިގެންނެވެ. 

އަހަރެމެން ދިރިއުޅެނީ ސިންގަޕޫރުގެ ސެންގކާންގ ގައެވެ. ބައްޕަ މަސައްކަތްކުރަނީ ކްރާންޖީގައެވެ. ބަހުގައި ދާން ކޮޅަކަށް ބައިގަޑިއިރާ 40 މިނިޓާއި ދެމެދުގެ ވަގުތެއް ނަގާނެއެވެ. ވީމާ ބައްޕައަށް ކާން ދިނުމަށް މަންމަ ކޮންމެ ކޮންމެ ދުވަހަކު އެ ހޭދަކުރީ ހަމައެކަނި ދަތުރުގެ ވަގުތަށް ބެލި ނަމަވެސް ގަޑިއެއްގެ އިރަށްވުރެ ގިނަ ވަގުތެވެ. 

މިކަމުން އަހަރެންނަށް ލިބުނު ފިލާވަޅަކީ މުހިންމީ އަނބިމީހާގެހަށިގަނޑޫގެ ވަރުގަދަކަން ނޫން ކަމާއި ފިރިމީހާ އަށް އެހީތެރިވެ ފިރިމީހާއަށް އިޙްތިރާމްކުރުމުގެ މުހިންމުކަން ކަމެވެ. 

އަންހެނެއްގެ އަގު އަރައިގެންދަނީ އޭނާގެ މަޝްހޫރު ކަމަކުން ނޫނެވެ. ވަރުގަދަ އަންހެނަކީ ކޮބައިކަން އަހަރެންމާނަކުރާނީ ފިރިމީހާއަށް ހިއްޞާކުރާ ލޯތްބާއި އިޚްލާޞްތެރިކަމާއި އިޙްތިރާމްކަމަށެވެ.

ދިރިއުޅުމުގެ ފިލާވަޅުތައް އަހަރެން ދަސްކުރީ މަންމަ އާއި ބައްޕަ ދެއްކި ވާހަކަތަކުން އެކަންޏެއް ނޫނެވެ. ދެމަފިރިން ޢަމަލުން ދައްކައިދިން ކަންކަމުންނެވެ. ދެމަފިރިން އެކަކު އަނެކަކަށްވީ ލޯބިންނެވެ."

މިއީ ދެމަފިރިންގެ ފިރިހެން ދަރިއަކު އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގެ ޚުލާޞާ ތަރުޖަމާއެކެވެ. ކޮންމެ ދެމަފިރިއަކަށްވެސް މިވާހަކަތަކުން ޢިބްރަތެއްވާކަމަށް ޤަބޫލުކުރެވެއެވެ.

މިއަދު އޮންލައިން