އަންގި އާއި މާސްކް ފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާނުލެވިއްޖެ ނަމަ، ކަނޑުތަކާ ފަރުތަކަށް ނޭދެވޭ އަސަރުކުރާނެ!: ދިރާގު

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 3މ 30ސ
އަންގި އާއި މާސްކް ފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާނުލެވިއްޖެ ނަމަ، ކަނޑުތަކާ ފަރުތަކަށް ނޭދެވޭ އަސަރުކުރާނެ!: ދިރާގު

އަންގި އާއި މާސްކް ފަދަ އެއްފަހަރު ބޭނުންކުރަން ޖެހޭ ތަކެތި ރައްކާތެރިގޮތުގައި ނައްތާނުލެވިއްޖެ ނަމަ، ކަނޑުތަކާ ފަރުތަކަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ދިރާރުން ބުނެފިއެވެ.

ދިރާގުން މިހެން ބުނެފައިވަނީ ކަނޑުތަކުގެ ދުވަހާ ގުޅިގެން ދިރާގުން ދިން މެސެޖުގައެވެ.

 

ކަނޑުތަކުގެ ދުވަހާ ގުޅިގެން ދިރާގުން ދިން މެސެޖު:

"ނިއު ނޯމަލް" ނުވަތަ އައު ޢާންމު ޙާލަތަށް ދިޔުމަށް އަހަރުމެން މިދަނީ ތައްޔާރުވަމުންނެވެ.

ޤައުމުތަކުން ފުރަބަންދު އުވާލާ، އޮފީސްތަކާއި ވިޔަފާރިތައް އަލުން ހުޅުވާ، ބޭރައް ނިކުމެ އުޅެން މަދު މަދުން މިދަނީ ހުއްދަ ލިބެމުންނެވެ. މިގޮތަށް ބޭރަށް ނިކުމެ އުޅެވުނަސް މާސްކް އެޅުންވަނީ ކޮންމެހެން ލާޒިމް ކޮށްފައިއެވެ.

އަދި ޑިސްޕޯސަބަލް ގްލޯވްސް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލަންޖެހޭ އަންގި ފަދަ ތަކެތި ބޭނުން ކުރުން ވަނީ ގިނަވެފައިއެވެ. އެހެންކަމުން، މިފަދަ އެއްފަހަރު ބޭނުންކުރަން ޖެހޭ އަންގި، މާސްކް އަދި ޕްލާސްޓިކް ކޮތަޅު ފަދަ ތަކެތި ނައްތާލުމުގައި ވަރަށް މުހިންމު ސަމާލުކަމެއް ދޭން ޖެހެއެވެ. ސަބަބަކީ މިފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާނުލެވިއްޖެ ނަމަ، އަހަރުމެންގެ ވަށައިގެން މިވާ ކަނޑުތަކާ ފަރުތަކަށް އޭގެ ސަބަބުން ނުހަނު ނޭދެވޭ އަސަރުކުރާނެތީއެވެ.

މި ރާއްޖެއަކީ ކަނޑުތަކާއި އޭގައިވާ ދިރުންތަކަށް ބަރޯސާވެފައިވާ ޤައުމެއްކަމުގައި ވުމުން، ކަނޑުތައް ރަނގަޅަށް ބެލެހެއްޓުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއްކަން ޔަގީނެވެ. މިއަދު ކަނޑުތަކުގެ ދުވަސް ފާހަގަކުރަމުންދާއިރު، ދިރާގުން ހަނދާންކޮށްދޭން ބޭނުންވި މެސެޖަކީ މީއެވެ. ރައްކާތެރިގޮތުގައި ޕީ.ޕ.އީ ، މާސްކް އަދި އަންގި ފަދަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ނައްތާލުމުގެ މުހިންމު ވާހަކައެވެ. މަގު މައްޗަށާއި މީހުން އުޅޭ ސަރަހައްދުތަކަށް މި ފަދަ ތަކެތި އުކާލުމުގެ ނޭދެވޭ އާދަތަކާ ދުރުވުމަކީ ހުރިހާ އެންމެންގެވެސް ފަރުދީ ޒިންމާއެކެވެ.

މި ކަމުގެ ސަބަބުން ސީދާގޮތުން ކުރާ ސިއްހީ ނޭދެވޭ އަސަރު ގެ އިތުރުން، މިތަކެތި ކަނޑުތަކަށް އެޅުމުން ލިބޭ ގެއްލުންވެސް ނުހަނު ބޮޑެވެ. އެއް ކާރިސާއިން އަރައިނުގަނެވެނީސް އަނެއް ކާރިސާއަށް ދިޔަ ނުދިޔުމަކީ ހުރިހާ އެންމެންވެސް އެކަމަށް ސަމާލުވާންޖެހޭ ކަމަކެވެ.

https://twitter.com/Dhiraagu/status/1269923748813078529

ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖްތިމާޢީ ޒިންމާގެ ދަށުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަކަށްވާއިރު ދިރާގުން ވަނީ ކަނޑުތަކުގެ ހިމާއަތުގައި އަޑު އުފުލާފައެވެ.  2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ދިރާގާއި ޕާލޭ މޯލްޑްވިސް ގުޅިގެން ފެށި "ފޯ ދި އޯޝަންސް" ކެމްޕެއިންގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅާ އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށް ވަނީ ގޮވާލާފައިއެވެ.

މީގެ އިތުރުން، މި ކެމްޕެއިންގެ ދަށުން މުހިންމު ކަންތައްތަކެއް ދިރާގުން ވަނީ ކޮށްފައިއެވެ. އެގޮތުން، ދިރާގުން ވަނީ ރީ-ޔޫސަބަލް ކޮތަޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށާއި ސްކޫލްތަކަށް ހަދިޔާކޮށްފައިއެވެ. އަދި ހަމައެއާއެކު، ގޮނޑުދޮށާއި ފަރުތައް ސާފުކުރާ ޕްރޮގުރާމްތަކުގައި ދިރާގާއި ދިރާގުގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެއެވެ. 2020 ވަނަ އަހަރު ދިރާގު ކަލަންޑަރުގެ ކޮންމެ މަހެއް ޚާއްސަ ކޮށްފައިވަނީ ވެސް ކަނޑުތަކަށް ކުނި ނޭޅުމަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ.

މީގެ އިތުރުން، ދިރާގުގެ ހުރިހާ އޮފީހެއްގައި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް ފެންފުޅި ގެންގުޅުން މަނާކުރުމަށް ފިޔަވަޅުއަޅާ މިކަމާ ގުޅިގެން އާންމުންގެ މެދުގައި ޕްލާސްޓިކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިނެއް ފެށި ފުރަތަމަ ދިވެހި ކުންފުންޔަކީވެސް ދިރާގެވެ. 

ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އަޅަމުން ދާ ކުނީގެ މިންވަރު މަދެއް ނޫނެވެ. މި ކަމުގެ ސަބަބުން ރީތި ފަރުތަކާއި ކަނޑުއަޑީގެ ތަފާތު ދިރުން ތަކާއި މަސްމަހާ މެއްސަށް އެތައް ނޭދެވޭ އަސަރުތަކެއް ކުރެމުން ދެއެވެ. އަހަރުމެންނަށް ބޭނުންވާ އޮކްސިޖަންގެ ބޮޑު ބައެއް ލިބެނީ ކަނޑުންނެވެ. ކަނޑުތަކުން އަހަރުމެންނަށް ކާނާ ލިބެއެވެ. އަދި ދުނިޔޭގެ ވަޔާ، ފެނާ، މޫސުން ހިފެހެއްޓުމުގެ އެންމެ ބޮޑު ދައުރެއް އަދާ ކުރަނީވެސް ހަމަ ކަނޑުންނެވެ. ކަނޑުތަކުގެ ސަލާމަތަކީ އަހަރުމެންގެވެސް ސަލާލަމަތެވެ.  

މިއަދު އޮންލައިން